ބޭ ލީވްސް ގައި ގުދުރަތީ ގޮތުން ދަތް ހުދުކުރާ މާއްދާތައް އެކުލެވިގެންވެއެވެ. ދަތްތައް ހުދުކުރުމަށް މިފަތަކީ ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ، އަދި ދަތް އުނގުޅާ ބޭސްތައް އުފެއްދުމުގައިވެސް އޭރުއްސުރެ އަދި މިއަދާ ހަމައަށްވެސް ބޭނުން ކުރަމުން އަންނަ ފަތެކެވެ.
ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ މި ފަތަކީ ބޭސްވެރިކަމުގެ އިތުރުން ކާތަކެތި ތައްޔާރުކުރުމަށް ބޭނުން ކުރާ މިިފަތުގައި އެކުލެވޭ މާއްދާތަކެއްގެ ސަބަބުން ރީތިވާ ސާމާނުތައް ތައްޔާރު ކުރުމަށްވެސް ބޭނުންކުރެވޭ ފަތެކެވެ.
ބޭ ލީފްއަކީ އޭގެ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ގޭސް މަދުކުރުމަށާއި ފަލަވުން ދުރުކުރުން، ފްރީ ރެޑިކަލް އާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ސިއްހަތަށް ފައިދާތަކެއް ފޯރުކޮށްދޭ އެއްޗެކެވެ. މީގެ ސަބަބުން ހަންގަނޑާއި މަސްތަކާއި ގުނަވަންތަކުގައި ރިއްސުމާއި ހަމުގެ ބަލިތަކަށް ފަރުވާ ދިނުމަށް އެހީވެދޭ ކަމުގައި ދިރާސާތަކުގެ ނަތީޖާތައް ވަނީ ދައްކައި ސާބިތުކޮށްދީފައެވެ.
އެންމެ ހާއްސަ ކަމަކީ ބޭ ލީވް ގައި ހުންނަ އެންޓި-އިންފްލެމޭޓަރީ އަދި އެންޓި-އޭޖިންގެ މާއްދާތަކެވެ. އަހަރެމެންގެ ދަތްތަކުގައި ދުފުމާއި ކޮފީބުއިންފަދަ އާދަތަކުގެ ސަބަބުން ރަތްކުލަ ހިފުމަށް ފަސޭހަ، އަދި ކުލައާއެކު ކޮބަޑި ޖެހުމާއި ފަނިކެއުންފަދަ ކަންކަން ފަސޭހައެވެ. އަދި ކޮންމެ ހަ މަހުން އެއް ފަހަރު ނުވަތަ އަހަރަކު އެއް ފަހަރު ނަމަވެސް ޑެންޓިސްޓެއް ގާތަށް ގޮސް ދަތްތައް ރީތިކޮށް އޮފްކޮށްލާ ވަރަށް އެންމެން ފުދުންތެރިވެފައި މުއްސަންޖެއްވެސް ނޫނެވެ.
އެހެންނަމަވެސް އަހަރެމެންނަށް ގޭގައި ތިބެގެން ދަތްތައް ރީތިކޮށްލެވިދާނެއެވެ.
ދިހަ ވަރަކަށް ބެއި ލީވްސް މިކްސްޗަރަށް އަޅާށެވެ. ބެއި ލީވަކީ ދަތުގައި ހިފާ ރީނދޫކުލަ ފިލުވައި ސާފުކޮށްލުމަށް ހާބަލް ތަކެތީގެ ބޭނުން ކުރާ ފަރާތްތަކުން އަބަދުވެސް ބޭނުން ކުރާ އިތުބާރު ލިބިފައިވާ ފަތެކެވެ.
ބެއި ލީވްސް، މިކްސްޗަރުން ރަނގަޅަށް ހިމުންކޮށްލާށެވެ.
ހިމުންކުރި ބެއިފަތުގެ ދެ ސައިސަމުސާ ތަށްޓަކަށް އަޅާށެވެ. ސައިސަމުސަލެއްގެ ލޮނާއި ދެ ސައިސަމުސަލެއްގެ ލުނބޯހުތް އަޅާށެވެ. އަދި ސައިސަމުސަލެއްގެ މާމުއިވެސް އަޅާށެވެ. އަދި ހުރިހާ ތަކެތި ރަނގަޅަށް ސަމުސަލަކުން ރީތިކޮށް އެއްކޮށްލާށެވެ.
އަދި ދެން ދަތްއުނގުޅާ ބޭސް 2 ސައިސަމުސާ އެއްކޮށްލާށެވެ.
މިހާރު ތައްޔާރުކުރެވިފައި ތިހިރީ ދަތްއުނގުޅާ ބޭހުން ބުރުހުގައި ބޭސް ޖަހައިގެން ރަނގަޅަށް ދަތްއުނގުޅާ ބުރުހަކުން ދަތް އުނގުޅާލާށެވެ. މިނެޓެއް ދެ މިނެޓް ވަންދެން ދަތް އުނގުޅާށެވެ. ދުވާކަލު ދެ ފަހަރު، ހަފްތާއެއް ވަންދެން ދަތް އުނގުޅާށެވެ.
އަމިއްލައަށްވެސް ތިމާގެ ދަތްތަކަށް އައި ސާފުކަމާއި ހެޔޮ ބަދަލު ފާހަގަ ކުރެވޭނެއެވެ.
(މައުލޫމާތު: މައިޓިޕްސްނޯޓްބުކް)