ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންވާ ޕްރޮގްރެސިވް ކޯލިޝަންގެ ޖަލްސާއެއް މިރޭ ބާއްވަން ހަމަޖައްސަވައިފިއެވެ.

މި ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރެސިވް ކޯލިޝަންގެ ޖަލްސާ އޮންނާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައެވެ. އެކޯލިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މި ޖަލްސާ އޮތީ މިރޭ 8:15 އިގައެވެ.

ކޯލިޝަނުން ވަނީ ކޯލިޝަންގެ މެންބަރުންނާއި ތާއީދު ކުރައްވާ އެންމެހައި ފަރާތްތަކަށް މިޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.

މިއީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކޯލިޝަނުން އިންތިޒާމްކުރާ މިފަދަ ފުރަތަމަ ޖަލްސާއެވެ.

މި ޖަލްސާގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ޕީއެންސީއަށް ސޮއިކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފައެވެ.