ކުރިޔަށް އޮތް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ، ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރުގެ ކެމްޕޭން ވިލިމާލެގައި ކުރިޔަށް ގެންގޮސްފިއެވެ.

އާޒިމާ އިއްޔެ ވިލިމާލޭގެ ދޮރުން ދޮރަށް ހިނގާފައިވަނީ، މި ސަރުކާރުން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ސަތޭކަ އެނދުގެ ޓާރޝަރީ ހޮސްޕިޓަލް އަޅަން ނިންމާފައިވާކަން އިއުލާން ކުރުމަށް ބޭއްވި ހަފްލާއަކަށް ފަހުގައެވެ.

އާޒިމާގެ ކެމްޕޭން ހަރަކާތުގައި ސަރުކާރުގެ ބައެއް އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފަމޭޔަރުގެ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށާއި ހުސްވެފައިވާ ތިން ދާއިރާ އަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 13 ގައެވެ.

މާލޭގެ މޭޔަރުގެ މަގާމް ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އަދި ތިން ކައުންސިލަރަކު އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށެވެ.

އާޒިމާގެ ކެމްޕޭގެ ހަރަކާތުގެ ތެރެއިން އިއްޔެ ވިލިމާލޭގައި ދޮރުން ދޮރަށް ހިނގުމަށް ބޭއްވި ހަރަކާތުގައި ހެލްތު މިނިސްޓަރ ޚަލީލުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ ނާޒިމްއާއި ސަރުކާގެ އިސް ބައެއްވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ.