އެމްޑީޕީގެ ގިނަ ޢަދަދެއްގެ މެންބަރުން ވެރިކަންކުރާ ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

އެމްޑީޕީގައި އެންމެ އިސްކޮށް އުޅުއްވި ގިނަ އަދަދެއްގެ މެންބަރުން ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގަތީ މިހާރުކުރިއަށްދާ ފެށުން ޖަލްސާގައެވެ.

އެ މެންބަރުން ޕާޓީއާއި ގުޅިވަޑައިގެންނެވި ފޯމާ ހަވާލުވެވަޑައިގަތީ ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

  • 1- އިބްރާހީމް ޝަރީފް/ މަރަދޫ ދާއިރާގެ މެންބަރު
  • 2- މުޙައްމަދު ނިހާދު/ ފޭދޫ ދާއިރާގެ މެންބަރު
  • 3- އަޙްމަދު ޚައިތަމް/ މައްޗަންގޮޅި ދެކުނު ދާއިރާ
  • 4- ޢަލީ ޙަމީދު/ އިސްދޫ ދާއިރާ
  • 5- ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް/ ކަނޑިތީމު ދާއިރާ
  • 6- ޢަބްދުލްޣަނީ ޢަބްދުލްޙަކީމް/ ކުރެންދޫ ދާއިރާ
  • 7- ޙަސަން ޒަރީރު/ މަތިވެރި ދާއިރާ
  • 8- އިބްރާހީމް ނަސީރު/މުލަކު ދާއިރާ
  • 9- ޢަބްދުލްމުޙްސިން ހަމީދު/ ނިލަންދޫ ދާއިރާ
  • 10- އާދަމް ޢަލީ/ މާފަންނު ދެކުނު ދާއިރާ
  • 11- މުޙައްމަދު ރާޝީދު/ ކޮމަންޑޫ ދާއިރާ
  • 12- ޙަސަން ޝިއާން/ ތޮއްޑޫ ދާއިރާ
  • 13- އިބްރާހީމް ޝާޒް/ ގުރައިދޫ ދާއިރާ