ޕީއެންސީގެ މެންބަރުންގެ އަދަދު ސާޅީސް ހާހުން މައްޗަށް އަރާފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

މިހެން ވިދާޅުވީ، ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް އަބްދުﷲ "ދިވެހީންގެ ރާއްޖެ ފެށުން" ނަމުގައި ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބާ ކުރިމަތިލީއިރު އެޕާޓިގެ މެންބަރުންގެ އަދަދަކީ ތިންހާސް ބާވީސް، (3022) ކަން ފާހަގަކުރައްވައި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްފަހު މިހާތަނަށް އެޕާޓިގެ މެންބަރުންގެ އަދަދު ސާޅީސްހާހުން (40،000) މައްޗަށް އަރާފައިވާކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މިކަމުން ހާމަވާ ކަމަކީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން ރައްޔިތުން ބަލައިގަނެ ކުރިއަށްދާން ތައްޔާރަށް ތިބިކަމެވެ. އަދި ދިވެހީން ތިބީ ދިވެހީންގެ ރާއްޖެ ބިނާކުރަން ތައްޔާރަށްކަން މިކަމުން ދައްކުވައިދޭކަމަށެވެ.