މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް މާކެޓު ކުރުމަށް އެޖެންޓުން ހޯދަން އިއުލާންކޮށްފިއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ރާއްޖޭގެ ހުރިހާ އަތޮޅަކާއި ރަށެއް ހިމެނޭގޮތަށް އެ ކުންފުންޏަށް އޭޖެންޓުން ހޯދަން ބޭނުންވާ ކަމަށެވެ.

އެކަމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި، މުއްދަތު ހަމަނުވާ އައިޑީކާޑިގެ ކޮޕީ އާއި ވަނަވަރު އަދި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހެޅުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

މީގެ އިތުރުން އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީއެއްވެސް ހުށަހެޅުމަށް ވެސް ހައްޖު ކޯޕަރޭޝަނުން ވަނީ އެދިފައެވެ.ގުޅުންހުރި