ފާރެއްވެއްޓި، ޅ. ދިއްފުށިމާދޫއަށް ދަތުރުގޮސް އުޅުނު ފިރިހެނަކާއި އަންހެނަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އެމީހުން އިތުރުފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގައެވެ.

މި ހާދިސާގެ ރިޕޯޓް ފަތިހު 05:19 ހާއިރު އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައި ވެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ "ހާބަރކްރާފްޓް 116″ ގައި 06:47 ހާއިރު އެ ސަރަހަހައްދަށް ގޮސް، މިއަދު 08:00 ހާއިރު އެ ހާދިސާގައި އަނިޔާލިބުނު އަންހެންމީހާ (57 އަހަރު) އާއި ފިރިހެން މީހާ (27 އަހަރު) އަވަސް ފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންދެވިފައިވާ ކަމުއެވެ.