އިސްލާމީ މަރުކަޒުގައި ހަތީބު، ހުތުބާ ދެއްވާ މަންޒަރު މިސްކިތަށް ހުކުރަށް ގޮސް ތިބޭ ފަރާތްތަކަށް ފެންނާނެހެން އެ މިސްކިތުގެ ފަންގިފިލާ ތަކުގައި ޓީވީ ބަހައްޓައިފިއެވެ.
އިސްލާމީ މަރުކަޒަށް ހުކުރަށް ދާ ފަރާތްތަކަށް ޚަތީބު ފެންނާނެހެން މިސްކިތުގެ ފަންގިފިލާ ތަކުގައި ޓީވީ ބެހެއްޓުމަށް ނިންމާފައިވާ ކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ހާމަކުރެއްވީ މީގެ ހަފްތާއެއް ކުރިންނެވެ.
މިކަން ހާމަކުރެއްވިތާ ހަފްތާއެއްގެ ތެރޭގައި މިއަދު ވަނީ އިސްލާމި މަރުކަޒުގެ އެކި ފަންގިފިލާ ތަކުގައި ޓީވީ ހަރުކޮށް ޚަތީބު ފެންނާނެ އިންތިޒާމުތައް ހަމަޖައްސާފައެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމުގައި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ތަސުއްވުރުގައި ހިމެނޭ ކަމެއް ކަމަށެވެ.
އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަސައްކަތްކުރާނީ އެ ތަސުއްވުރު ހަގީގަތަކަށް ހެދުމަށްކަމުގައި ވިދާޅުވެ ވަޒީރު ވަނީ، ހުރިހާ ބޮޑެތި މިސްކިތްތަކުގައި މިގޮތަށް އިންތިޒާމު ހަމަޖެއްސުން އެއީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވެފައެވެ.