މާލޭގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީން ވާދަކުރާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝުކޫރު ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވަމުން ސާބިތުކަމާއެކު ކެމްޕެއިން ކުރައްވަމުން އެބަ ގެންދަވައެވެ.
ސަރުކާރުގެ ވަޒީރުންނާއެކު ޑޯޓުޑޯ ނުވަތަ ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވަމުން އާޒިމާ ގެންދަވަނީ އެއްވެސް ވަރުބަލިކަމެއް ނެތިއެވެ. އާޒިމާއާއެކު ދައުލަތުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ މި ކެމްޕެއިން ހަރަކާތުގައި، އެކަމަނާ ވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ގާތުން އައްސަވާފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އާޒިމާ ދަނީ ދެއްވަމުންނެވެ.
މާލެއާމެދު ފުރިހަމަ ތަސައްވުރެއް އާޒިމާ ދަނީ ހާމަކުރައްވައި، ސަރުކާރާ ގުޅިގެން މާލެއަށް ގެންނަވާނެ ބޮޑު ބަދަލު އެކަމަނާ ދަނީ ރައްޔިތުންނާ ހިއްސާކުރައްވަމުންނެވެ.
މާލޭ ސިޓީ ތަރައްގީ ކުރުމަށް ގެންގުޅުއްވާ ވިސްނުން އާންމު ރައްޔިތުންނަށް ހުށަހަޅުއްވައި ދެއްވަމުން އާޒިމާ ވިދާޅުވެފައިވަނީ މިއަދުގެ މި ހާލަތުގައި، މާލޭގެ މޭޔަރު ކަމުގައި ހުންނެވި ތައުލީލީ އަދި ގާބިލު ބޭފުޅަކު ގައުމުގެ ރިޔާސަތާ ހަވާލުވެ ވަޑައިގަންނަވާ ވަގުތު، އެމަނިކުފާނުގެ ގައުމީ ވިސްނުންފުޅުތަކާއެކު މާލޭގައި ހުރި ބޮޑެތި މައްސަލަތައް ވެސް ހައްލުކޮށް މާލޭއަކީ ހަގީގީ މާނަގައިގާ ދިވެހިރާއްޖޭގައި ވެރިރަށުގެ ގޮތުގައި ތަރައްގީ ކުރެވޭނެ ގާބިލު، ކަމަށް އެކަށޭނެ ތެދުވެރި ދިވެހި ދަރިއަކު މޭޔަރުކަމުގެ މަގާމަށް އިސްކުރުމަކީ ގްރޭޓަރ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތްކަމުގައި ވާނެ ކަމުގައެވެ.