މިފެށުނު 2024 އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އައު އަހަރުގެ ފުރަތަމަ ފަތުރުވެރިއަކީ އިނގިރޭސިވިލާތުގެ ފިރިހެނެއްކަމަށްވާ ބެންޖަމިން ޑަންކަން މޯއެވެ.
މި ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އިބްރާޙީމް ފައިސަލް އާއި މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިނިސްޓަރ ފައިސަލް ވިދާޅުވީ މި އަހަރަށް އަމާޒު ހިފާފައިވަނީ ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ކަމަށެވެ. އަމާޒަށް ވާސިލުވެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް ފައިސަލް ވިދާޅުވިއެވެ.