ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށް ގެންދާ ހާއްސަ ފާޓިލިޓީ ސަރވިސަސް ނުވަތަ ދަރިމައިވުމުގެ ކަންކަމާބެހޭ ސުވާލާއި ޖަވާބު ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮންސަލްޓެންޓް އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ ރިޕްރޮޑަކްޓިވް މެޑިސިން ޑރ.އަނީތާ ގޯރ އާއެކު ކުރިއަށްގެންދާ ޚާއްޞަ ފާޓިލިޓީ ސަރވިސަސް ސުވާލު އާއި ޖަވާބު ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޑރ.އަނީތާ ގޯރަކީ އިގިރޭސިވިލާތުގެ ބްރިޓިޝް ފާޓިލިޓީ ސޮސައިޓީގެ ސެޓްފިކެޓާއި، ތަމްރީނު ލިބިފައިވާ އަދި އެކްރެޑިޓް ކޮށްފައިވާ ފާޓިލިޓީ ސްޕެޝަލިސްޓެކެވެ. ޑރ.އަނީތާ ގޯރ އިން-ވިޓްރޯ-ފާޓިލައިޒޭޝަން (އައިވީއެފް) ފަރުވާ ދެއްވާތާ 20 އަހަރު ވެފައިވާއިރު، އިނގިރޭސިވިލާތާއި އިންޑިއާ އަދި އޮމާންގައި ވެސް ދަރިމައިވުމުގެ ހިދުމަތް ދެއްވުމުގެ ތަޖުރިބާ ޑރ.އަނީތާ ގޯރުގެ އެބަހުއްޓެވެ.

“މި ފާޓިލިޓީ ސުވާލު އާއި ޖަވާބު ސެޝަނަކީ ވަރަށް ހާއްސަ ޝައުގުވެރި އަދި ތައުލީމީ ސެޝަނަކަށް ވެގެންދާނެ، މި ސެޝަންގައި ދަރިމައިވުމާ ބެހޭ ގޮތުން މައުލޫމާތު ހޯދައި، މި މުހިންމު މައުޟޫއާ ބެހޭ ގޮތުން އާންމުކޮށް އުފެދޭ ސުވާލުތަކަށް ޖަވާބުދެވޭނެ،” ޑރ އަނީތާ ގޯރް ވިދާޅުވިއެވެ.

ފާޓިލިޓީ ސަރވިސަސް ސުވާލު އާއި ޖަވާބު ސެޝަން އޮންނާނީ 3 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.

ޝައުގުވެރިވާ އެންމެންނަށް ނުވަތަ ދަރިމައިވުމުގެ ސިއްހަތާ ބެހޭ ސުވާލުތަކެއް ޖަވާބު ހޯއްދަވާ ހުރިހާ އެންމެންނަށް މި ސެޝަނަކީ މި ދާއިރާގެ ތަޖުރިބާކާރެއްގެ ފަރާތުން ޖަވާބު ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެއްކަން ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ޝައުގުވެރިވާ އެންމެން ވެސް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީ ކޮށްލައްވާ

https://forms.gle/Ge2yPi7VDAieAWDH9

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ

[email protected] އަށް އީމެއިލް ކުރެއްވުން ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.