މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯއަކަށް މަރިޔަމް ފިޒާނާ ރަޝީދު ހަމަޖައްސައިފިއެވެ.

ހަޔާޜ އެޑިއުކޭޝަން މިނިސްޓްރީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެކްސްގެ އެ ޕޯސްޓުގައި ފިޒާނާ އެ މަގާމަށް ހަމަޖެއްސުމުން މަރުހަބާ ކިޔާ ކަމަށް ބުނެފައިވެއެވެ. އަދި އެ މަގާމަށް އައްޔަން ކުރުމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާވެސް ވަނީ ފިޒާނާއާ ބައްދަލުކުރައްވާފައެވެ.

އެމްކިއުއޭގެ މުވައްޒަފުންނާވެސް އެކުގައި ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރުވަނީ އެކިކަންކަމާއި ގުޅޭގޮތުން މުވައްޒަފުންގެ މަޝްވަރާވެސް ހޯއްދަވާފައެވެ.

އެމްޑީޕީގެ ވެރިކަމުގައި އެމްކިއުއޭގެ ސީއީއޯގެ މަގާމުގައި ހުންނެވީ ޑރ. އަބްދުލް ހަންނާން ވަހީދެވެ.

ފިޒާނާ ވަނީ މީގެ ކުރިން އެ އެމްކިއުއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ފިޒާނާއަކީ އަކީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ދައްތައެވެ.

އޭނާ ވަނީ މީގެކުރިން މޯލްޑިވްސް ނެޝަނަލް ޔުނިޔާސިޓީގެ އެޑިއުކޭޝަން ފެކަލްޓީގެ ޑީންގެ މަގާމުވެސް ފުރުއްވާފައެވެ.