ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ ތަސައްވަރުގައި ހުންނެވި ކަންކަން ތަންފިޒު ކުރެއްވުމަށް ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މާލެ ސިޓީގެ މޭޔަރުގެ އިންތިހާބަކީ މުހިންމު އިންތިހާބެއް ކަމަށާއި، މި އިންތިހާބުގެ މުހިންމު ކަން ހިތްތަކަށް ގެނުވި، މިކަމުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވާން ޖެހުނު ސަބަބުތަކެއްވާ ކަމަށް ނައިބް ރައީސް ހުސައިން ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ދެއްކެވި ދެއްކެވި ނަމޫނާއެއްގެ ސަބަބުން މާލެ ސިޓީ މޭޔަރުކަމުގެ އިންތިހާބު ވާދަވެރިވެގެން ގޮސްފައިވާ ކަމަށް ނައިބް ރައީސް ހުސައިން ވިދާޅުވިއެވެ. މިގޮތުން ދެ އަހަރާއި ހަ މަސް ދުވަހު އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި، ބޮޑު ސަރުކާރެއްގެ ފިއްތުންތަކާއި އެކުގައި ހުންނަވައިގެން ބޮޑެތި ބަދަލުތަކެއް މާލޭގެ ރައްޔިތުންނަށް ގެނެސްދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ތަސައްވަރުގައި އެ ހުންނެވި ކަންކަން، ތަންފިޒު ކުރުމަށް، އެމަނިކުފަނާއި އެއް ސަފެއްގައި އެއް އަޑަކުން ވާހަކަދެއްކޭނެ ބޭފުޅަކު މިތަނުގައި ހުންނެވުން އެއީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތް ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު މާލޭގެ ތަސައްވަރު ފުރިހަމަ ކުރަން މޭޔަރު ކަމުގެ ގޮނޑީގައި އިންނަވަން ޖެހޭނީ ކަމަށް ގާބިލް އެކަށޭނެ ބޭފުޅެއް ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.