މައްޗަންގޮޅި ގައި ހުންނަ ޒިކުރާ މިސްކިތަށް ބިސް ޖެހިކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ޗީފް ސުޕްރިންޓެންޑް އަހުމަދު ޝިފާން ކުރެއްވި އެކްސް ޕޯޓުގައި ވިދާޅުވެފައިވަނީ ބިސް ޖެހުމުގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި، ބިސް ޖެހިކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދިފައިވާ ކަމުގައެވެ.

މިސްކިތުގެ ތެރެއަށް ބިސް ޖަހާފައިވަނިކޮށް ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހު ފަތިސް ނަމާދަށް ޖަމާއަތަށް ދިޔަ މީހުން މީހުންނަށެވެ. އެ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެތޭ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މީހާ ބަންދުގައި ހުރި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެންމެ ފުރަތަމަ ނަމާދަށް ދިޔަ މީހުންގެ ތެރެއިން މަންޒަރު ފެނުނު މީހުންގެ ތެރޭގައި ހިމެނޭ މީހަކު ބުނެފައިވަނީ ވަގުތުން އެކަން މާލޭ ސިޓީ ކައުންސިލަށް ރިޕޯޓް ކުރި ކަމަށާއި ނަމަވެސް ކައުންސިލުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.