ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަ ނުކުރައްވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައި ފާހަގަ ކުރެވުނު ފައްޔާޒު އިސްމާޢިލް (ފަޔާ) ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ ސަންގު ޓީވީ "ހަބަރަށްފަހު" ޕްރޮގްރާމް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވި ސަބަބެއްކަމަށް ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަޤާމަކީ ވަރަށް ޒިންމާދާރު މަޤާމެއް ކަމަށާއި އެހެން ވަޒީފާއެއް ނުވަތަ އެހެން މަޤާމެއް އަދާކުރަމުން ޗެއާރޕާސަން ކަމުގެ މަޤާމު އަދައެއް ނުކުރެއްވޭނެ ކަމަށެވެ.

މަޖިލިހުގެ އިންތިހާބުގައި ފައްޔާޒު ވާދަނުކުރެވުމަށް ނިންމެވިއިރު އެޕާރޓީގެ އިސް ސަފުގައި ހަރަކާތްތެރިވެލައްވާ ގިނަބޭފުޅުންތަކެއް ވަނީ މަޖިލިސް އިންތިޙާބުގައި ވާދަކުރެއްވުމަށް ޕާރޓީގެ ޓިކެޓް ހޯއްދެވުމަށް ހުށައަޅުއްވާފައެވެ.

އޭގެތެރެއިން ބައެއް ބޭފުޅުންނަށް ވަނީ ޕްރައިމަރީއަކާ ނުލައި މިހާރު ޕާރޓީގެ ޓިކެޓުވެސް ލިބި ވަޑައިގަންނަވާފައެވެ.