އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ޗެނަލް "ނޫރު ޓީވީ" މި ޖެނުއަރީގައި ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީގެ ހަފްތާއެއް ކުރިން ދީނީ ޗެނަލެއް އުފައްދަން އުޅޭކަން އިއުލާން ކުރުމަށްފަހު އެ ޗެނަލަށް ކިޔާ ނަމެއް ހޯދަން އާންމުންގެ ހިޔާލު ހުޅުވާލިއެވެ.

ވަޒީރު ޑރ ޝަހީމް ވަަނީ ދީނީ ޗެނަލަށް ކިޔާ ނަން ހާމަކޮށްފައެވެ. އަދި މި ޗެނެލް މި މަހުގެ 25 ގައި ލޯންޗް ކުރާނެ ކަމަށް އެ ވުޒާރާއިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިއީ ދީނީ މައުލޫމާތު ފަތުރައި، ދީނީ ކަންކަމަށް ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދުގައި ސަރުކާރުން އުފައްދާ ޓީވީ ޗެނެލެކެވެ. ރާއްޖޭގައި މިހާރު ހިންގާ ދީނީ ޓީވީ ޗެނެލްތަކުގެ ތެރޭގައި "ދާރިސް ޓީވީ" އާއި "އަލް ކައުނު" ހިމެނެއެވެ.