ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ސްޓިއަރިންގ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބައްދަލުކުރައްވައިފިއެވެ.
އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި އަންހެނުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކޮށް ކުރިޔަށް ގެންދިއުމަށާއި އަދި ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.
އަންހެނުންގެ ބައިވެރިވުން ރައްޔިތުންގެ މަޖިލީހުގައި އިތުރުކުރުމަށް ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު މަސައްކަތް ފެށުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމެނޭ ކަމެކެވެ.