އަމީނީމަގުގެ ނުނިމި އޮތްބައިގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އަމީނީ މަގުގެ ނުނިމިއޮތް ބައިގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ނުވައެއް ޑިސެންބަރު 2023 ގައި ކަމަށެވެ. "މަގު މިހާރު މިވަނީ ތާރު އެޅުމަށް ތައްޔާރުވެފައި. އިރާދަކުރެއްވިއްޔާ ތާރު އެޅުމުގެ މަސައްކަތް މިއަދު ފެށިގެންދާނެ،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އަމީނީ މަގުގައި ނުނިމިއޮތްބައި ހަދަނީ ކުރިން ހެދިބަޔަށްވުރެ ފުޅާކޮށްނެނެވެ. މި މަސައްކަތް ވަރަށް އަވަހަށް ނިންމުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.