ފެނަކަކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ޅ. އަތޮޅު އޮޅުވެލިފުށްޓަށް ވަޑައިގެންފިއެވެ. އެމްޑީގެ މިދަތުރުގައިވަނީ އެރަށުގައި ފެނަކައިން ހިންގާ އިންޖީނުގޭގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުވުމުގައި އެމްޑީވަނީ ފެނަކައިން ދެމުންގެންދާ ޚިދުމަތްތަކުގެ ހާލަތު ބައްލަވައިފައެވެ.

މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވަނީ މިމަހު ހަތަރުވަނަ ދުވަހު ޅ. ނައިފަރަށް ވަޑައިގެން އެރަށު ކައުންސިލް ނައިބު ރައީސް އަދިި ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވައިފައެވެ. އޭގެ އިތުރުން އެރަށުގައި ފެނަކައިން ދެމުން އަންނަ ޚިދުމަތްތަކާއި ބެހޭ ގޮތުން އެބޭފުޅުންނާ މަޝްވަރާކުރައްވިއެވެ.

ފެނަކައިން މަސައްކަތްކުރައްވަނީ އެކުންފުނީން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް ރައްޔިތުންނަށް އަވަސް ޚިދުމަތެއް ފޯރުކޮށްދެއްވުމަށެވެ.