ބޮޑުތަކުރުފާނު މަގުގައި ހިންގަމުންދިޔަ މާލޭ ޖަލު ބަންދުކޮށް އެ ޖަލު މިއަދު ހުސްކޮށްފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން މި ޖަލު ބަންދުކުރަން ނިންމީ މި ޖަލާ ޖެހިގެން، ކުރީ ސަރުކާރުން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެ ތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރު ކުރާކުރަމުން އަންނާތީ، ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރމަށްފަހުގައި ކަމަށެވެ.

އަދި ޖަލުގައި ތިބި ގައިދީން ވަނީ އެހެން ޖަލުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ކަރެކްޝަންސްއިން ބުނެފައިވެއެވެ.

މީގެއިތުރުން ޖަލު ބަންދުކުރިނަމަވެސް އާންމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް 12 ޖަނަވަރީ 2024 އާ ހަމައަށް އެ އިމާރާތުގެ ކައުންޓަރުން ލިބެމުންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ.