މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޗެއާމަންގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަނުކޮށްފިއެވެ.

އެމަގާމަށް ކަނޑައަޅާފައި ވަނީ އައިމިނަތު ހަމީދެވެ.

އައިމިނަތު ހަމީދަކީ، އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗްލަރސް އޮފް އާޓްސް އިން އެކައުންޓިން އެންޑް ފިނޭންސް ހައްދަވާފައިވާ ބޭފުޅެކެވެ.

އަދި އެއަށްފަހު އޮސްޓްރޭލިއާގެ ޗާލްސް ސްޓްއާޓް ޔުނިވާސިޓީން މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ވެސް ވަނީ ހައްދަވާފައެވެ.

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް ގެ ބޯޑު މެންބަރުކަންވެސް ކުރެއްވި އައިމިނަތު ހަމީދު ވަނީ، ރީޖަނަލް އެއާޕޯޓްސްގެ ވެސް ގިނަ މަގާމްތަކެއް ފުރުއްވާފައެވެ. އެގޮތުން، އެ ކުންފުނީގެ އެސިސްޓެންޓް އަންޑަ ސެކެޓްރީ އާއި، އެސިސްޓެންޓް ޑިރެކްޓަރ ގެ އިތުރުން ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމްވެސް ފުރުއްވާފައިވެއެވެ.