އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް މިނިސްޓްރީއޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވެފައިވަނީ އެމަގުގެ ތާރުއެޅުމުގެ މަސައްކަތް ނިންމައި ޖަނަވަރީ ދިހަވަނަ ދުވަހު ހެނދުނު ހައެއް ޖަހާއިރު އެމަގުގެ ބައެއް ހުޅުވައިލާނޭ ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ. ހުޅުވާލާނީ އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާ އަމީނީ މަގު ގުޅޭ ޖަންކްޝަން ކަމަށްވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

"މާދަމާ (10.1.2024) ހެނދުނު 6:00 ގައި އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާ އަމީނީ މަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް ހުޅުވާލެވޭނެ،" އެމިނިސްޓްރީން އެކްސްގައިކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. އެމަގުގެ ސެގްމެންޓު ބާރައާއި ތޭރަ ޓުރެފިކަށް މުޅިން ހުޅުވާލެވޭނީ ޖަނަވަރީމަހު ތޭރަވަނަ ދުވަހު ހެނދުނު ހައެއް ޖަހާއިރު ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.