ކުޅިވަރާ ބެހޭ ވުޒާރާގެ ދަރަނީގެ ތެރެއިން 125 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުލޫމާތު ދެއްވަމުންނެވެ.

މި ދަރަންޏަކީ މިދިޔަ ސަރުކާރުން ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ހަވާލްކޮށްފައިވާ ފަރާތްތަކަށް ދައްކަންޖެހޭ 160 މިލިއަން ރުފިޔާގެ ދަރަންޏެކެވެ. މިދިޔަ ސަރުކާރުން ފަށާފައިވާ 232 މަޝްރޫއުގެ ތެރެއިން ފައިސާގެ މައްސަލަތަކުގެ ސަބަބުން ގިނަ ޕްރޮޖެކްްޓްތަކެއް ހުއްޓިފައިވާ ކަން ވަޒީރު ވަނީ ފާހަގަަކުރައްވާފައެވެ. ވަޒީރު ރާފިއު ވިދާޅުވީ, އެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާކަމަށްވާ 160 މިލިއަން ރުފިޔާ ހުރި ކަމަށެވެ.

އަދި އޭގެ ތެރެއިން 125 މިލިއަން ރުފިޔާ ދައްކާ 64 ޕްރޮޖެކްޓެއް ފެށިފައިވާ ކަމަށް ރާފިއު ވަނީ ވިދާޅުވެފައެވެ.

ރާފިއު ވިދާޅުވި ގޮތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ ފައިސާ ހަމަޖެއްސީ މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓާއި، ސަޕްލިމެންޓަރީބަޖެޓުންނެވެ.