މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަމުންދާ ކެމްޕޭނަކީ ގައުމީ ޖިހާދެއް ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީހެ ޓިކެޓްގައި މޭޔަރުކަމަށް ވާދަ ކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެވެ.
އާޒިމާ މިހެން ވިދާޅުވީ މިއަދު ބޭއްވި އެކަމަނާގެ ކެންޕެއިންގެ ހަރަކާތުގެ ތެރެއިން މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމާލުމަށްފަހު، ބައިވެރިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އަޅުގަނޑުމެން މިކުރަނީ ޤައުމީ ޖިހާދެކޭ. މި ޖިހާދުގައި ތިބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާށޭ.މޭޔަތ ކެމްޕޭނަށް ހުރިހާ ފަރާތްތަކަށްވެސް ދައުވަތު ދެއްވަމުން އާޒިމާ ވިދާޅުވިއެވެ.
އާޒިމާގެ އިތުރަށް ވިދާޅުވީ ސަރުކާރާ އިދިކޮޅު ކެނޑިޑޭޓުން ހޮވިއްޖެނަމަ މި ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާނެކަމުގައެވެ.
އޭގެ ހެއްކެއްގެ ގޮތުން އާޒިމާ ވިދާޅުވީ މާލޭ ސަރަހައްދަށް އެންމެ މުހިންމު މައްސަލަ ކަމަށްވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމާއި ސަރުކާރު ދެކޮޅު ކެނޑިޑޭޓުން ދެކޮޅު ހައްދަވަމުން ގެންދަވާ ކަމުގައެވެ.
މިހާރު އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތުގައި, ރަައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގައި ހުރަސް އަޅާނެ ބަޔަކު މާލޭގެ މޭޔަރު ކަަމަށް ގެނެވިއްޖެ ކަމަށް ވަންޏާ, ރާއްޖޭގެ ކުރިއެރުމާއި ތަަރައްޤީއަށް ހުރަސްތަކެއް ކުރިމަތިވާނެ.އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ އަމިއްލަ ގައުމާ ދެކޮޅަށް ވާހަކަ ދައްކައިގެމް ނުވާނެ ކަމަށާއި އެހެންނަމަވެސް އިނދިކޮޅު ޕާޓީން އެކަންވެސް ކުރަމުން ދާކަމުގައެވެ.