ޗައިނާއާއި ރާއްޖެއާއި ދެމެދު 2017 ވަނަ އަހަރު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެއްވެސް ޑިއުޓީއަކާ ނުލައި ސީފުޑް ނުވަތަ މަހުގެ 296 ބާވަތެއް ޗައިނާއަށް އެތެރެކުރުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީޢެސްއެމަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ޗައިނާއާއި ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ ގިނަ ރޮނގުތަކުން ރާއްޖެއަށް ފަހި ފުރުސަތުތަކެއް ލިބިގެން ދާނެކަމަށެވެ. އޭގެ ތެރެއިން އެންމެ ޚާއްސަ އެއް ފުރުސަތުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ، މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމާއި ރީ އެކެކްސްޕޯޓު ކުރުމުގެ ފުރުޞާތު ލިބިގެންދިއުމެވެ.

އެގޮތުން 269 ބާވަތެއްގެ މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މަހުގެ 296 ބާވަތް ރާއްޖެއިން ލިބެން ނެތް ކަމުގައިވިޔަސް އަމާޒަކީ ރާއްޖެއިން ނުލިބޭ މަހުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް އެތަކެތި އިމްޕޯޓް ކުރުންކަމުގައެވެ.

296 ބާވަރުގެ ސީފުޑް ރާއްޖޭގައި ނުހުރެދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއިން ނުލިބޭ ސީފުޑް އިމްޕޯޓްކުރުން. އަދި ރާއްޖެއިން ރީއެކްސްޕޯޓް ކުރުން. 10% އާއި 30% ވެލިއު އެޑިޝަނެއް ހަދަން މިޖެހެނީ. ރާއްޖެއިން ރީއެކްސްޕޯޓްކުރުން އެއީ ޗައިނާއާއެކު ކުރެވޭނެ މަސައްކަތެއް. މިިހާރުވެސް "ގްރޫޕާ" ހުއިފިލަނޑާ، އަދި ކޮންމެވެސްވަރަކަށް ޔެލޯފިން ޓޫނާ އެތެރެކުރޭ. އެކަންކަން ފުޅާކުރުން. އެއީ ފްރީޓްރޭޑުގެ ތެރެއިން ލިބޭ ވަރަށް ފަހި ފުރުޞަތެއް

މުޙައްމަދު ސަޢީދުމީގެ އިތުރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާގެ ހުރިހާ މަންޒިލަކަށް ވައިގެ ދަތުރުފަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަން ފާހަގަ ކުރައްވައި ވަޒީރު ވަނީ އެއީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއްގެ ގޮތުގައި ސަޢީދު ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ޤައުމީ އެއަރލައިނަށް ވައިޑްބޮޑީ އެއަރކްރާފްޓް ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީވެސް އެފަދަ އޮޕަރޭޝަންތަކެއް ފެއްޓެވުމަށްކަމަށެވެ.