އިސްލާމިކް މިނިސްޓްރީއިން މުދަލު ޒަކާތުގެ ނިސާބު ދަށްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މުދަލުގެ ޒަކާތުގެ ނިސާބް ކަނޑައެޅުމުގައި އެ ވުޒާރާއިން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން އިއްޔެން ފެށިގެެން ރާއްޖޭގައި ފައިސާ އިން މުދަލު ޒަކާރް ނެރުން ވާޖިބުވާ ނިސާބަކީ 7،140 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަަމަށެވެ.

މީގެ ކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 7،151.90 ރުފިޔާ ގައެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ