ސަރުކާރުގެ ހަރަދުގައި، ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގެއަކަށް ހަނޑޫ ބަސްތާއަކާއި ފުށްބަސްތާ އެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަތަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށްވެސް ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެންނަނީ އިންޑިއާއިން ކަމަށްވިޔަސް އެގައުމާއި ރާއްޖޭގެ ގުޅުން މިވަގުތު އޮތީ ނުހަނު ނާޒުކު ފައްތަރެއްގައެވެ. އެހެންކަމުން ހަޑުލާއި ހަކުރާއި ފުއް ހޯދުމަށް، ދިވެހިރާއްޖެއިން އިންޑިޔާއަށް ބަރޯސާ ވުން ހުއްޓުވުމަށް ރައީސް ވިދާޅުވީ, ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

އަދި ހަމައެހެންމެ، ރައީސް ވަނީ ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތް ރޯދަ މަހު ކާޑުގެ ބާވަތްތަކުން ދަތިވެދާނެ ފިކުރު ދުރުކޮށްދެއްވާފައެވެ.ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ސަރުކާރުން ހަދިޔާ ކުރަން ނިންމާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.