ކާޑުގެ ބާވަތްތަކުން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ތުރުކީއާއެކު އެއްބަސްވެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީއާއެކު އެއްބަސްވުން ހެދިކަން ރައީސް ހާމަ ކުރައްވާފައިވަނީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފު ނިންމަވާލެއްވުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައެވެ.

"އަޅުގަނޑުމެންގެ ބޭސިކް ކޮމާޑެޓީސް, ހަނޑޫ, ހަކުރު, ފުށް . އެންމެ ދިމާޔަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ މިހާރު ތުރުކީއާއެކު އެއްބަސްވެފައި. ހަނޑޫ ހަކުރު ފުށް ތުރުކީން މުޅި ރާއްޖެއަށް ބޭނުންވާ ވަރަށްވުރެ 10 އިންސައްތަ އިތުރަށް ވަނީ އެއްބަސްވުންތައް ހެދިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތުރުކީއަށް ފުށުގެ ފުރަތަމަ ޝިޕްމެންޓަށް އޯޑަރު ދީފައިވާ ކަމަށާއި އަންނަ މަހު އެ ޝިޕްމެންޓު ލިބޭނެ ކަމަށެވެ.

ރައީސް ޑރ މުއިއްޒު ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު، ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.