ކިއުގައި ބަޔަކު ނެތުމުން، ފަހެއް ޖެހުމާ އެކުގައި ބައެއް ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ތައްޔާރު ވެއްޖެއެވެ.

ވޯޓު ގުނަން ފަށާނީ ފޮށި ބަންދު ކުރާތާ ބައިގަޑިއިރު ފަހުންނެވެ. ތަރުހީބު ކުޑަ އިންތިޚާބެއްގެ ގޮތުގައި ބެލެވުނު މިއަދުގެ ބައި އިލެކްޝަންގައި، ހަވީރު ފަހެއް ޖެހުމާ އެކުގައި ކިއުތައް ބަންދު ކުރަން ވަނީ ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، 4:30 އާއި ހަމައަށްވެސް ވޯޓުލާފައި ވަނީ 14،605 މީހުންނެވެ. މިއީ ވޯޓުލެވޭ މީހުންގެ %26.08 މީހުންނެވެ. އޭގެ ތެރޭގައޖ ހިމެނެނީ 7،945 ފިރިހެނުންނާއި 6،660 އަންހެނުންނެވެ.