ގްރީން ޓީ އަކީ ސިއްހަތަށް ފައިދާހުރި ކޮމްޕައުންޑްތަކުން ފުރިފައިވާ އެއްޗެކެވެ. ގަވާއިދުން ގްރީން ޓީ ބުއިމުން ބަރުދަން ލުއިކޮށްދީ ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ކެންސަރު ފަދަ އެތައް ބައްޔެއް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެވެ. ދުވާލެއްގެ މައްޗަށް ތިންތަށްޓާއި ފަސް ތަށްޓާ ދެމެދުގެ އަދަދަކަށް ގްރީން ޓީ ބުއިމަކީ ސިއްޙީ ގޮތުން އެންމެ ފައިދާ ހުރި ގޮތް ކަމަށް ބެލެވެއެވެ.
ގްރީން ޓީ އަކީ ރަހަ މާ މީރު އެއްޗެއް ނޫން ކަމުގައި ވިޔަސް އެ ބޯން ފެށުމުން އޭގެ ރަހަވެސް ދާނީ މަޑުމަޑުން ހޭނެމުންނެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު އެންމެ ރަނގަޅު ވައްތަރުގެ ސަޔޭ ވެސް ބުނެވިދާނެއެވެ. އެހެންނަމަވެސް ގްރީން ޓީ ބޯން އެންމެ ރަނގަޅު ވަގުތުތަކަކީ ކޮބައިކަން ނޭނގޭނަމަ އެއީވެސް ދެނެގަތުން ކޮންމެހެންވެސް މުހިންމު ކަމެކެވެ.
ހެނދުނުގެ ނާސްތާގެ އެއްގަޑިއިރު ނުވަތަ ދެ ގަޑިއިރު ފަހުން ނުވަތަ މެންދުރު ކެއުމަށް ފަހު މެންދުރު ގަޑިއިރު ނުވަތަ ދެ ގަޑިއިރު ފަހުން ގްރީން ޓީ އެއް ބޯލުމަކީ އެންޓިއޮކްސިޑެންޓް ޑޯޒް އިތުރުކުރުމަށް އެންމެ ރަނގަޅު ވަގުތެވެ. (އެންޓިއޮކްސިޑެންޓުން ފްރީ ރެޑިކަލްތައް ވަށައިގެން ނިއުޓްރަލައިޒްކޮށް، އޭގެ ސަބަބުން ލިބޭ ގެއްލުމާއި ކެންސަރު އުފެދުން ހުއްޓުވައިދެ އެވެ.)
ހުސް ބަނޑާ ހުރެ ގްރީންޓީ ބުއިމަކީ ކޮންކަހަލަ ކަމެއް ބާވައެވެ. ބަލާލަމާ ހިނގާށެވެ. ގްރީންޓީ އަކީ މިއީ ހަގީގަތުގައި ވެސް ސިއްހަތަށް ފައިދާ ހުރި ބުއިމެއް ނަމަވެސް ހެނދުނު އެންމެ ފުރަތަމަ ހުސް ބަނޑާހުރެ ގްރީންޓީ ބުއިމަކީ އެންމެންނަށް ވެސް އެންމެ ރަނގަޅު ކަމަކަށް ނުވެދާނެ އެވެ. މިއީ ހާބަލް ބުއިމެއް ނަމަވެސް މީގައި ކެފެއިން އެކުލެވިގެންވާތީ ބައެއް މީހުންނަށް އެސިޑިޓީ ނުވަތަ ބަނޑުގައި ރިއްސުން މެދުވެރިވާ ފަހަރުތައް ދިމާ ވާތީ، ހުސްބަނޑާ ހުރެ ގްރީންޓީ ބުއިމެއްގެ ގޮތުގައި ބޭނުން ކުރުން އެހާ ރަނގަޅެއް ނޫނެވެ.
ގްރީން ޓީ ގެ ސަބަބުން ފެޓް، ހާއްސަކޮށް "ބެލީ ފެޓް" މިކިޔާ ބަނޑުގެ ސަރުބީތައް ވިރުވާލާނެއެވެ. ހަގީގަތުގައި މީހުންގެ ބަރުދަން ލުއިވާ ކަމަށް ގިނަ ދިރާސާތަކުން ދެއްކި ނަމަވެސް ބައެއް ދިރާސާތަކުން ވެސް އެއްވެސް އަސަރެއް ނުފެނެ އެވެ. އެހެން ވާން އެ ދިމާވާ ސަބަބަކީ ހަމައެކަނި ގްރީންޓީ އަށް ބަރޯސާ ވާއިރު، އޭގެއިން އަންނަ ބައެއްކަހަލަ ކަންކަމަށް ކެތްކޮށްނުލެވުމެވެ. މިސާލަަކަށް ބުނާނަމަ ގްރީންޓީ އަކީ ބަނޑުހައިކޮށްލާ ބުއިމެކެވެ. ރޭގަނޑު ގްރީންޓީ އެއް ބޮއިގެން ބައިގަޑި ގަޑިއެއްހާ އިރު ފަހުން ބަނޑުހައި ވެގަތީމަ ދެން އެ ދަންގަޑީގައި ބޮޑު ކެއުމެއް ކާލެވިދާނެއެވެ. އެހިސާބުން އެއްކަލަ ގްރީންޓީ ގެ ބާރު ދިޔައީއެވެ.
ބަރުދަން ލުއިކުރަން ގްރީންޓީ ބޯންވީ ކިހާ ވަރަކަށް މި މައުޟޫއަށް ޚިޔާލު ތަފާތުވާއިރު، ބައެއް ދިރާސާތަކުން ދުވާލަކު ބޯން ޖެހޭނީ އެންމެ 1 ތަށި ކަމަށް ވާއިރު، އަނެއް ބައި ދިރާސާތަކުން ބުނަނީ ދުވާލަކު 3-5 ތަށި ބޯށެވެ. ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ ނުވަތަ ހަމައެކަނި ގްރީން ޓީ އަށް ހުރިހާ ހޫނު ބުއިންތައް ބަދަލުކުރާނަމަ، ދުވާލަކު 2-3 ތަށި ގްރީން ޓީ އަކީ ރަނގަޅު މިންވަރެކެވެ.
ގްރީން ޓީ އަކީ ނުހަނު ރަނގަޅު އެންޓިއޮކްސިޑެންޓެއް ކަމުން ހަންގަނޑު ސާފުކޮށް ރައްކާތެރިކޮށް ބެހެއްޓުމުގެ އިތުރުން ހަންގަނޑު އުޖާލާވެ އޮމާންކޮށްލަދެއެވެ. ގްރީން ޓީގެ ސަބަބުން ލޮލުގެ އަނދިރި ވަށައިގެން ވާ ލޭހޮޅިތައް ކުޑަކޮށްދޭ ކެފެއިން ގެ ސަބަބުން ލޮލުގެ ކަޅުކަން ކުޑަވެ، ލޮލުގައި ރިއްސުން ކުޑަކޮށްދެއެވެ.
ގްރީން ޓީގެ އަސަރު ތައް ފެންނަން ފަށާނީ އާންމުކޮށް ބޭނުންކުރާތާ ހަފުތާތަކެއް ފަހުން ކަމަށް ވިޔަސް މިކަން ތަފާތު ވެދާނެ އެވެ. ކެއުމާއި އެއްގޮތަށް ކެތްތެރިވެ ތިބުމަކީ މުހިންމު ކަމެކެވެ
ނިދުމުގެ ކުރިން ގްރީން ޓީ އެއް ބޯލުމުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ އަދި ހަދިޔާއަކީ އަރާމު ނިދާލެވޭ ގޮތްވުމެވެ.
ގްރީން ޓީ އަކީ ކެފެއިން ފްރީ އެއް ނޫން ކަމަށާއި، އެހެން ކެފެއިން އެކުލެވޭ ބުއިންތަކެކޭ އެއްފަދައިން "މާ ގިނައިން" ގްރީން ޓީ ބުއިމަކީ އެންޒައިޓީ، ހިތްހަމަ ނުޖެހުން، ބޮލުގައި ރިއްސުން، ހިތުގެ ވިންދު އިތުރުވުން ނުވަތަ ނިދަން އުނދަގޫވުން ފަދަ އަލާމާތްތައް ފެންނާނެ ކަމެއްކަން ހަނދާނުގައި ބަހައްޓަން ޖެހެ އެވެ.
(މައުލޫމާތު މާޔޯކްލިނިކް)