މާލޭ ހެންވޭރުކޮޅު ރެސްޓޯރެންޓެއްގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައި ތިން މީހަަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު ކަމަށެވެ. އެހާދިސާ ހިނގާފައި ވަނީ ހެންވޭރި ކިނބިގަސްމަގުގައި ހުންނަ އެންޖީބީ ރެސްޓޯރެންޓްގައެވެ.

މިހާދިސާގައި އަނިޔާވެފައި ވަނީ، އެ ރެސްޓޯރެންޓްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ މީހާއަށާއި، އިތުރު ދެމީހަކަށެވެ. އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި އަނިޔާވި އަނެއް ދެމީހުންނަކީ ހާދިސާ ހިނގި ވަގުތު އެރެސްޓޯރެންޓްގެ ބޭރުން މަގުމަތީގައި ތިބި ބައެކެވެ.

އެމްއެންޑިއެފުން ބުނީ އެހާދިސާގައި އެރެސްޓޯރެންޓްގެ ކައްކާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.

ގޭސް އެކްސްޕްލޯޝަން ހިނގަނީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. މިގޮތަށް ގޭސް ލީކުވެ ގޮވާ ގޮވުންތަކަކީ ވަރަށް ބާރުގަދަ ގޮވުންތަކެކެވެ.