މަގްބޫލު ފިލްމީފަންނާނު އަލީ ސީޒަން ސިޔާސީ މަގާމަކަށް އައްޔަން ކުރައްވައިފިއެވެ.
ސީޒަން އައްޔަނުކޮށްފައި ވަނީ ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަންގެ ސިޔާސީ މަގާމަކަށެވެ.
މީޑިއާތަކުން ބުނާ ގޮތުގައި ސީޒަން އައްޔަން ކުރައްވާފައި ވަނީ ފަސްޓް ސެކްރެޓަރީގެ މަގާމަށްކަމަށެވެ. އެހެންނަމަވެސް ސީދާ މިވެނި މަގާމެއް ކަމަށް ހާމަކުރައްވާފައެއް ނުވެއެވެ.
ސީޒަން އަކީ ރާއްޖޭގެ ފިލްމި ދާއިރާގެ އެންމެ ގިނަ ދުވަސްވީ އެއް ފަންނާނެވެ.
ސީޒަން ވަނީ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމައި އެކަން އިއުލާނު ވެސް ކުރައްވާފައެވެ. އެހެން ނަމަވެސް ފަހުން ކުރިމަތި ނުލާން އޭނާ ވަނީ ނިންމަވާފައެވެ.
ސީޒަންއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ކެމްޕެއިންގައި ދަތުރު ކުރި ފަރާތެކެވެ. އޭނާއެކު މި ދަތުރުތަކުގައި އެހެން ފަންނާނުންވެސް ބައިވެރިވިއެވެ.