ރާއްޖޭގެ ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އާއިލާތަކަށް ހާއްސަ ކޮށްގެން ޕޮޕިއުލޭޝަން ސެންޓަރުތަކެއް ގާއިމް ކުރުމަަށް ނިންމާފައިވާކަން އިކޮނިމިކް މިނިސްޓަރ މުހައްމަދު ސައީދު ހާމަ ކުރައްވައިފިއެވެ.

މިނިސްޓަރ ސައީދު މިކަން ހާމަ ކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުން އިތުރު ކުރުމަށް "ފަހި ފަތުރުވެރިކަމަށް އަންހެނުން،" ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ ސެންޓްރަލް އޭރިއާތަކެއް، ޑީސެންޓްރަލައިޒް ކުރުން ނުވަތަ ޕޮޕިއުލަރިޓީ ސެންޓަރުތަކެއް ގާއިމްކުރުން އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައެވެ.

ސައީދު ވިދާޅުވީ މިމަސައްކަތް ފުރިހަމަ ކުރާނީ އިކޮނޮމިކް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އަދި ޕްލޭނިން މިނިސްޓްރީ ގުޅިގެންކަމުގައެވެ.

"ގާއިމް މި ކުރާ ޕޮޕިއުލޭޝަން ސެންޓަރުތަކުގެ ތެރެއިން އެ ހިސާބުގަނޑަށް ނިސްބަތްވާ ރިސޯޓުތަކާ އެއްކޮށް އެންމެ ކަނެކްޓިވިޓީ ރަނގަޅީ ކިހިނެތްތޯ ބެލުން. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްްސަ އެކޮމޮޑޭޝަން ތަކެއް ގާއިމް ކުރުން،" ސައީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މިހާރު ތަރައްގީކޮށް ފުޅާކުރަމުން އަންނަނީ 1.8 މިލިއަން ފަސެންރަުންގެ ބަދަލުގައި 2 މިލިއަން ފަސެންޖަރުންނަށް އަމާޒުކޮށްގެން ކަމުގައެވެ.