މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނެސް ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާ ގޮތަށް ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެއިން ފެށިގެން މޯލްޑިވިއަންގެ އުސަލަށް ބަދަލުގެނެވި އިމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ހޮސްޕިޓަލަކުން އެމަޖެންސީ ކޭސްއެއްގެ މައުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ އިމަޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން ކަމަށެވެ.

އަދި މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއްކަމަކީ އެއަރ އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރުން ކަމަށާއި މި ހިދުމަތް 1 މާރިޗް ގައި ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.