އަމިއްލަ ނަފުސުދެކެ ލޯބިވުމަކީ ތިމާގެ ޕޮޒިޓިވް ހަކަތަ އިތުރުވެ، މަސައްކަތުގެ ލަނޑުދަނޑިތަކާއި ހުވަފެންތައް ހާސިލްކުރުމަށް އިތުރު ހިތްވަރެއް އަދި އެކްޓިވް ހަކަތައެއް ލިބިގެންދާ ކަމެކެވެ. ހިތްވަރު ލިބި، ޕޮޒިޓިވް ހަކަތަ ލިބޭ ވަރަކަށް ގޮންޖެހުންތަކާ ކުރިމަތިލުމުގެ ފުރުސަތު ބޮޑުވެދެއެވެ. ކަންކަމާ މާޔޫސްވުމަކީ ކިހާ ބޮޑަށް މީހާ ބަލިކަށިކޮށްލާ އަދި ނާކާމިޔާބީއަށް ހުޅުވައިލާ ކަމެކެވެ.

އަމިއްލަ ނަފުސު ދެކެ ލޯބިވާ މީހުންނަކީ އެމީހުން ބޭނުންވާގޮތް ހާމަކުރުމަށް ފަސްޖެހޭނެ ބައެއް ނޫނެވެ. އަދި މީހުން ހަދާ ދޮގުތަކާއި ފޭކު ވައުދުތަކަށް ހެއްލޭނެ މީހުންނެއް ނޫނެވެ. މީގެ ސަބަބުން ތިމާދެކެ ހަގީގީ ލޯބިނުވާ މީހުންނާއި، ތިމާ އަކީ އެމީހުންނަށް މުހިއްމު މީހެއްކަމަށް އިހުސާސް ނުކޮށްދޭ މީހުންގެ ކިބައިން އަމިއްލައަށް ދުރުވެގަންނާނެ އެވެ.

އަމިއްލަ ނަފްސުދެކެ ލޯބިވާ މީހުންނަކީ ހިތްހަރު މީހުންނެއް ނޫނެވެ. އެމީހުންނަކީ މީހުން ކިޔާއެއްޗަކަށް ނުވިސްނާ ކޮންމެ ހާލަތެއްގައިވެސް އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން އިސްކުރާ މީހުންނެވެ. މިއީ ފަރުވާގެ ފެށުމެވެ. ފުރަތަމަ ފަށައިގަންނައިރު ވަރަށް އުނދަގޫކަމަށް ހީވެދާނެ އެވެ. ނަމަވެސް އަމިއްލަ ނަފްސު ދެކެ ހަގީގީ ލޯބިވާން ފަށާ ހިސާބުން އެއީ ކިހާ މުހިއްމު އަދި އުފާވެރި އިހުސާސެއްކަން އިނގޭނެ އެވެ.