ބޮލީވުޑް އަދި ހޮލީވުޑް ގެ ބަތަލާ ޕްރިޔަންކާގެ އެންމެ ފަހުން ނިކުތް ފިލްމް "ދަ ވައިޓް ޓައިގަރ" ގެ ކާމިޔާބީއާ އެކު އޭނާ ހުރީ ނިކަން އުފަލުންނެވެ. މި އުފާވެރިކަން ދެގުނަ ކޮށްދިނީ އޭނާގެ ލޯބިވާ ފިރިމީހާ ނިކް ޖޮނަސްގެ ތަޢުރީފުގެ ބަސްތަކެވެ.
ޕްރިޔަންކާގެ ފޭނުން އަބަދުވެސް އޭނާއާ މެދު ފަޚުރުވެރިވެއެވެ. އެކަމަކު ޕްރިޔަންކާގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޮނަސް ޕްރިޔަންކާއާ މެދު ފަޚުރުވެރިވާ ވަރަށް އެހެން މީހަކަށް ނުވަތަ ބަޔަކަށް އެކަމެއް ނުވެވޭނެއެވެ.
ޕްރިޔަންކާ މިވަނީ "ވެރައިޓީސް އެވޯރޑްސް ސާރކުއިޓް" ގެ އެފިސޯޑެއްގެ ބައިވެރިވެފައިއެވެ. މި އެޕިސޯޑުގައި ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ އޭނާއަކީ އޮސްކަރ އެވޯރޑެއް ލިބޭނެ އެންމެ ފުރަތަމަ ޖޮނަސްއަށް ވެދާނެކަމަށް ފިރިމީހާ ނިކް ޖޮނަސް ބުނެފައިވާ ކަމަށެވެ.
"އަހަރެން މިބަލަނީ އަބަދު އެއް ކެރެކްޓަރއެއް ކުޅުމުގެ ބަދަލުގައި ތަފާތު އެކި ކެރެކެޓަރތަކެއް ކުޅެވޭނެގޮތެއް ހޯދޭތޯ،" ޕްރިޔަންކާ ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވާނީ އޭނާ ބޮލީވުޑްގެ ފިލްމު ތަކުގައި ކުޅެފައިވަނީ އޭނާ ބޭނުންވި ފަދައިން ތަފާތު ކެރެކްޓަރ ތަކެއް ކަމަށެވެ. އަދި އޭނާ ވަނީ ވަރަށްގިނަ "އިމަރސިވް" ބައިތަކެއް ވެސް ކުޅެފައި ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ޕްރިޔަންކާ ވަނީ "ދި ވައިޓް ޓައިގަރ" ނިކުތުމުގެ މާކުރިން ފަށައިގެން ވެސް ނިކް އޭނާ އެ ފިލްމުގައި ދައްކާފައިވާ އެކްޓިންއަށް ތަޢުރީފު ކުރިކަމަށް ހާމަކޮށްފައިއެވެ. "ނިކް ބުނީ އަހަންނަކީ އޮސްކާ އެވޯރޑް ލިބޭނެ އެންމެ ފުރަތަމަ ޖޮނަސްއަށް ވާނެ ކަމަށް،" ޕްރިޔަންކާ ބުނެފައިވެއެވެ.
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސް ކައިވެނި ކޮށްފައިވަނީ 2018 ވަނައަހަރެވެ. މި ދެ ތަރިން މާގިނަ ދުވަސްތަކެއް ވަންދެން ރައްޓެހި ވެގެން އުފައެއް ވެސް ނުވެއެވެ. ރައްޓެހިވިތާ މާ ގިނަ ދުވަހެއްނުވެ ވަނީ ކައިވެނި ކޮށްފައެވެ.