ތުއްތު ދަރިފުޅަށް ގާތުން ދިނުމުގެ އެންމެ ހާއްސަ މުހިންމު ހަމަސްދުވަސް ނިމުމަށްފަހު ދެން އެންމެ ހާއްސަ ކަމަކީ ދަރިފުޅަށް ކާންދޭން ފެށުމެވެ. ދަރިފުޅަށް ކާންދިނުުމުގައި ފުރަތަމަ އަނގައިގައި ޖައްސާނީ، ކިރިޔާ ރަހަލާ ވަރުގެ ކުދިކުދި އެތިކޮޅުތަކެވެ. ކުއްޖާގެ އަނގައިގައި ތަފާތު ރަހަތައް ޖެއްސުމުން އެރަހަތަކަށް ކުއްޖާ ހޭނެން ފަށާނެއެެވެ.

ތުއްތުދަރިފުޅު ރަހަތަކަށް ހޭނުމަށް ވަގުތު ބޭނުން ވާނެއެވެ.

ފުރަތަމަ ކަމަކަށް ތުއްތު ދަރިފުޅަށް ދޭންވާނީ ކުޑަކުޑަ މިންވަރެއްގެ އެތިއެތިކޮޅުންނެވެ. ތުއްތު ދަރިިފުޅު ކެއުމުގެ ގަޑިތަކަށް ހާނުވައި އެގަޑިތަކަކީ ކެއުމަށް ހާއްސަ ގަޑިތަކެއްކަން ތުއްތު ސިކުނޑިއަށް ވިސްނޭނެ ހެން ގަޑިތައް ކަނޑައަޅަން ވާނެއެވެ.

ފުރަތަމަ ދުވަހު ދަރިފުޅަށް ކެއުމުގެ ރަހަ ދައްކާނީ ހެނދުނާއި ހަވީރެވެ. ހަމައެކަނި ދުލުގައި ރަހަ ޖައްސާލުމުން ފެށުމަށްފަހު އަނެއްދުވަހު ހާއްސަ ގަޑިއެއް ކަނޑައަޅައި، ތުއްތު ދަރިފުޅަށް ކާންދޭން ފަށަންވީއެވެ.

ކޮންމެ ކުއްޖަކަށްވެސް ކާންދޭން ފެށުމުގެ ކުރިން ކުއްޖާ ޑޮކްޓަރެއް އަދި ޑައެޓީޝަނެއްގެ ހިޔާލު ހޯދުން މުހިންމެވެ. ދަރިފުޅަށް ކާންދޭން އެންމެ ރަނގަޅީ ގޮވާމުގެ ބާވަތްތަކެވެ. ހަނޑޫ، ޒުވާރި، ބާރުލީ، އޯޓްސް، ބިންބި ފަދަ ބާވަތްތަކެވެ.

ހަމައެކަނި ތަރުކާރީ ނުވަތަ މޭވާ ކާންދިނުމަކީ ދަރިފުޅުގެ ބަރުދަން ލުއިވާން ދިމާވެދާނެ ކަމެކެވެ. މޭވާއާއި ތަރުކާރީއަކީ ރަނގަޅު ބާވަތްތަކެކެވެ. އެހެންނަމަވެސް ހަމައެކަނި މޭވާ ނުވަތަ ތަރުކާރީ ދިނުމުން ކުއްޖާއަށް، ރަހަގަދަ ކެއުމަށް ހޭނުމުން، ރަހަމަޑު ކެއުމާ ދުރުވާން ފަށާނެއެވެ. އެހެންކަމުން ފެށުނީއްސުރެވެސް ހަމަހަމަ ގޮތެއްގައި ކެއުން ބައްޓަން ކުރުން މުހިންމެވެ.

(މައުލޫމާތު:މަމްސްލައިފް/ހެލްތީބޭބީ)