ޓޮމާޓޯ އަކީ އެންޓިއޮކްސިޑެންޓެއް ކަމަށްވުމާއެކު އޭގައި ހިމެނޭ ވިޓަމިން އޭ، ސީ ވިޓަމިން ކޭގެ އަދި ވިޓަމިން ބީ6 ފޮލޭޓް އަދި ތިއަމައން އަކީ ހަށިގަނޑަށް ނުހަނު މުހިންމު މާއްދާތަކެކެެވ. އަދިވެސް އިތުރަށް ފައިބަރ، ޕްރޮޓީން އާއި ޕޮޓޭސިއަމް ހިމެނޭއިރު މަންގަނީސް، ޕޮސްޕަރަސް އަދި ކޮޕަރވެސް ޓޮމާޓޯގައި ހިމެނެ އެވެ. މިދައްކަނީ އެންމެ އެއްޗަކުން ލިބިގެންދާ އެތައް ފައިދާތަކެއްގެ ވާހަކައެވެ.

ޒަމާނުއްސުރެވެސް ދިވެހިންގެ ކެއުމުގެ އާދަތައް ހުންނަ ގޮތުން ޓޮމާޓޯ ބޭނުން ކުރަމުން އަންނަނީ ރިހަ ފަދަ ތަކެތީގެ ބޮޑެތި ސޯސްގަނޑުތައް ތައްޔާރުކުރުމަށެވެ. މަދުމަދުން ތަރުކާރީއެއްގެ ގޮތުގައި ޓޮމާޓޯ ބޭނުންކުރިއަސް އަދިވެސް އާންމުކޮށް ޓޮމާޓޯއަކީ ސްޕައިސީ ކާނާ ތައްޔާރުކުރުމުގައި ހާއްސަ ދައުރެއް އޮންނަ ބާވަތެކެވެ.

އެހެންނަަވެސް ތަރުކާރީއެއްގެ ގޮތުގައި، ރޯ ޓޮމާޓޯ ކެއުމުގައިހިމެނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކޮންމެހެންވެސް ބޭނުންކުރެވިދާނެ ވައްޓަފާޅިއެކެވެ. ޓޮމާޓޯއިން ލިބޭ އިތުރު ބައެއް ފައިދާތަކުގެ ތެރޭގަައި ބަރުދަން ލުއިކުރަންބަރުދަން ލުއިކުރަން ޓޮމާޓޯގެ ދައުރު ބޮޑެވެ މި މޭވާ އަކީ ޑައިޓްރީ ފައިބަ އާއި ޕޮޓޭސިއަމާއި ވިޓަމިން ސީ އާއި އެތަކެއް އެންޓ-އޮކްސިޑަންޓްތަކެއް އެކުލެވޭ ފައިދާތައް ގިނަ އެއްޗެކެވެ. ޓޮމާޓޯގެ ކޮންމެ 100 ގްރާމަކުން ލިބޭނީ 19 ކެލަރީޒެވެ.

ޓޮމާޓޯއިން ހަމަށް ލިބޭ ފައިދާތައްތައް ގިނަ އެވެ. ސަން ބާން ނުވަތަ އަވިން ކަޅުވެފައި ހުންނަ ހަމަށް ޓޮމާޓޯ އިން ފަރުވާކުރެވި އަލިކޮށްދޭނެ އެވެ. ހަމުގައި ހުންނަ ވަޅުތައް ފޮރުވާލައި، މަރުވެފައި ހުންނަ ހަންތައް ނައްޓައި، ބްލެކް ހެޑްސް ފިލުވައިދީ ނޭފަތް ކައިރި ހިސާބުގެ ހަންގަނޑު މަޑުކޮށްދޭނެ އެވެ. މީގެ އިތުރުން، ޓޮމާޓޯ ޖޫހުން ހަންގަނޑު މޮއިސްޗަރައިޒް ވެސް ކޮށްދެ އެވެ. އަދި މޫނުގައި ބޯވެފައި ހުންނަ ހަން (ބްލެމިޝް) އާއި އިތުރަށް އުފެދޭ ތެލާ ދެކޮޅަށް ވެސް މަސައްކަތްކޮށްދެ އެވެ. ހަމައެހެންމެ ކެއުމުގައި ޓޮމާޓޯ ބޭނުންކުރާ ނަމަ އޮށާޅަ ނެގުން ވެސް މަދުކޮށްދެ އެވެ.

ލޭގެ ޕްރެޝަރު ދަށްކޮށްދޭކޮންމެ ދުވަހަކު ޓޮމާޓޯ ޖޫސް ބުއިމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭނެ ކަމެކެވެ. ޓޮމާޓޯއަކީ ސިއްހީ ފައިދާތައް ގިނަ މޭވާއެކެވެ. މިއީ އެންޓިއޮކްސިޓަންޓްތަކާއި ޕޮޓޭސިއަމުން މުއްސަނދިވެފައިވާ އެއްޗަކަށްވާތީ ލޭގެ ޕްރެޝަރު ދަށްކޮށްދޭން ބަރާބަރު މޭވާއެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮލެސްޓްރޯލް ލެވެލް ދަށްކޮދިނުމަށާއި ލޭގެ ސާކިއުލޭޝަން ރަނގަޅު ކޮށްދިނުމާއި ހަޖަމުގެ ބައި ރަނގަޅުކޮށްދިނުމަށްވެސް ޓޮމާޓޯއަކީ ފައިދާ ބޮޑު ތަރުކާރީ އެކެވެ.