"އިންޑިއާ އައުޓް" ހަރަކާތާ ގުޅޭގޮތުން ފަތުރާހައި ހަބަރެއް އަދި ލިޔާހައި އެއްޗެއް ގަބޫލް ނުކުރުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޖައިޝަންކަރު ގޮވާ ލައްވައިފިއެވެ.

ޖައިޝަންކަރު މިގޮތަށް ގޮވާލައްވާފައި މިވަނީ އިންޑިޔާގެ އަވަށްޓެރި ދެ ގައުމުކަމަށްވާ ދިވެހިރާއްޖެ އަދި ބަގުލަދޭޝްގައި އިންޑިއާ އައުޓްކެމްޕެއިނެއް ކުރިއަށް ގެންދިއުމާ ގުޅިގެންނެވެ.

އިންޑިޔާ ވިޔަފާރީގެ މައި މަރުކަޒުކަމުގައިވާ މުމްބާއީގައި ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ނޫސްވެރިޔަކުގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ އަވަށްޓެރި ގައުމުތަކަކީ ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް ވަރަށް ގާތް ރަހުމަތްތެރި ގައުމުތަކެއް ކަމަށާއި، ބައެއް ފަހަރަށް ދޭދޭ ގަޤައުމުތަކުގެ މެދުގައި މައްސަލަތައް ދިމަވާ ވަގުތުތައްވެސް އަންނާނެ ކަމަށެވެ.

އަދި އެފަދަ ދަނޑިވަޅުތަކުގައި އިވޭހާ އަޑުތަކެއް ގަބޫލުކޮށް އެކަމަށް ރައްދުދީ ފިޔަވަޅު އެޅުމަކީ ރަނގަޅުކަމެއް ނޫންކަމަށް ހާމަކުރައްވައި ޖައިޝަންކަރު ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ އެންމެން އެއްތަންވެ ވާހަކަ ދައްކައިގެން އެފަދަ ކަންތައްތައް ހައްލުކުރުން ކަމުގައެވެ.

"ވަރަށް ހަރުކޮށް އެއްޗެއް ބުނީމައި، ވާހަކަ ދައްކަން އިށީންނަން ދައުވަތު ދޭންވީ، މަށަށް ޔަގީން، ވާހަކަ ދައްކަން އިށީނީމައި ދުރުގައި ހުރެ ބޭނުން ކުރާ ބަހުރުވައަށް ވުރެ މާ ބޮޑަށް ވެސް ބޭނުން ކުރާ ބަހުރުވަ 'ސޮފްޓް] ލުއި ވާނެ، އެއީ ގެރެންޓީ ކަމެއް" ޖައިޝަންކަރު ވިދާޅުވިއެވެ.

ޖައިޝަންކަރު މިފަދައިން ވިދާޅުވެފައި ވާއިރު ދިވެހިރާއްޖޭގައި މިހާރު މިއޮތް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމަށް ވަނީ ރާއްޖެގައި ތިބި އިންޑިޔާ މިލިޓަރީ ސިފައިން ބޭރުކުރުމަށް ބާރުއަޅައި "އިންޑިއާ އައުޓް" ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

މިހާރު ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ވަނީ އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލައި "އިންޑިއާ އައުޓް" ކެންޕެއިނެއް ފަށަފައެވެ.