އެމެރިކާގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޕޮލިޓިކަލް އެފެއާޒް، ވިކްޓޯރިއާ ނޫލަންޑް ޔޫކްރޭނަށް ވަޑައިގެންފި ކަމަށް ކިއެވްގައި ހުންނަ އެމެރިކާގެ އެމްބަސީން އިއުލާންކޮށްފި އެވެ.

ނޫލަންޑް ޔޫކްރެއިނަށް ވަޑައިގަތުމާއި ގުޅިގެން އެމެރިކާގެ އިން ޔޫކްރެއިނަށް ހަމަޖައްސައިފައިވާ އެމްބެސެޑާރ ބްރިޖެޓް ބްރިންކް ވަނީ އޭނާއަށް ހޫނުމަރުހަބާއެއް ވިދާޅުވެފައެވެ. ބްރިންކް ހިއްސާކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދު ޔޫކްރެއިން އިން އެކިއެކި ސަރުކަރުތަކުގެ އިސްވެރިންނާއި ބައްދަލު ކުރަާނެ ކަމަށެވެ.

ނޫލަންޑް އެންމެ ފަހުން ކިއެވްއަށް ޒިޔާރަތް ކުރީ ޑިސެމްބަރު 2022 ގަ އެވެ.

އިއްޔެ ޔޫކްރެއިންގެ މަޖިލީހުންވަނީ ވަރަށް އަވަހަށް ޔޫކްރެއިންއަށް އެމެރިކާގެ މުހިއްމު މެހެމާނުންތަކެއް ޒިޔާރަތް ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮން ބައެއްކަމއެއް ބުނެފައެއް ނުވެއެވެ.