އިކުއެޑޯގެ ފުލުހުންނާއި ހަތިޔާރު އެޅި ސިފައިން 4،680 މީހުން ބަންދުކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ޖެނުއަރީ މަހުގެ ކުރީކޮޅުގައި އެކުއަޑޯގެ ގޭންގުތަކުން ޖަލުގައި ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން އެގައުމުގައި ޖުމްލަ 4،680 މީހުން ބަންދުކޮށްފައިވާއިރު އޭގެ ތެރޭގައި ޓެރަރިސްޓް ޝައްކު ކުރެވޭ 237 މީހުން ހިމެނެ އެވެ. އެކްސް ގައި ފުލުހުން ފާހަގަކުރައްވާފައިވާ ގޮތުން ކުށްކުރުމާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި 57،000 އަށް ވުރެ ގިނަ ގާނޫނު ތަންފީޒުކުރާ އޮފިސަރުން ބައިވެރިވެފައިވެ އެވެ. މީގެއިތުރުން 1،500 އަށް ވުރެ ގިނަ ބަޑިއާއި ގާތްގަނޑަކަށް 8،300 ގޮވާތަކެތި ވެސް ބޭނުންކޮށްފައިވެއެވެ. އަދި ފުލުހުން ހިންގި މި އޮޕަރޭޗަންގައި 40 ޓަނަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު އެގައުމުގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވީ ލޮސް ޗޮނެރޯސް ޑްރަގް ކާޓޭލްގެ ލީޑަރު ހޯސޭ އެޑޮލްފޯ މެސިއާސް ވިލާމާ ޖަލުން ފިލައިގެން ގޮސް އެގައުމުގެ ބައެއް ކަރެކްޝަނަލް ފެސިލިޓީތަކުގައި ހަމަނުޖެހުންތައް ހިންގުމުންނެވެ. އިކުއެޑޯގެ ރައީސް ޑޭނިއަލް ނޮބޯއާ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ޖެނުއަރީ 8 ވަނަ ދުވަހު ކާފިއު އިއުލާން ކުރެއްވިއިރުއެވެ. ފަހުން އެގައުމުގެ 221 ކެންޓަންގެ ތެރެއިން 160 ކެންޓަންގައި ކާފިއު އުވާލި އެވެ.