މިއީ ހައިރާންވެ އަންތަރީސްވިޔަސް ހަމަ ހަގީގީ ތެދުވާހަކައެކެވެ. ދިރާސާތަކުން ހޯދައި ތަޖުރިބާތައް ކުރެވިފައިވާ ސައްހަ ވާހަކައެކެވެ.
މިއީ ވަހަކަށް ސަމާލުކަން ދޭވަރަށްވުރެ ބޮޑު ފައިދާއެއްގެ ވާހަކައެވެ. ފިޔާ ވަހަކީ އުނދަގޫ ދެނިވި ފިލުވަންވެސް ދަތި ވަހެއްކަން ގައިމެވެ. މީރުރަހައިގެ ބޮޑު ދައުރެއް އޮންނަ ފިޔާ ކޮށުމަކީ ވޭނަކަށްވެސް ބައެއް މީހުންނަށް ވެއެވެ. އެހެނީ އޭގައި އަތްލުމަށްފަހު އެ ކޮށައި އޭގެ ބޭނުން ކުރުމަށް ތައްޔާރު ކުރުމަށްފަހު އަތާއި ލައިގެން ހުންނަ ހެދުމުން ވަސް ފިލުވުން ދަތިވާތީއެވެ. ނަމަވެސް މިއީ ކެއުންތަކުގެ ރަހަ މީރުކޮށްލަދޭ އެއްެޗެއްކަން ޔަގީނެވެ.
އެހެނަސް މިއުޅެނީ މި ވަސްގަދަ ފިޔަލުގައި ޒީނަތްތެރިވުމުގެ ދައުރެއް އޮތްތޯ ބަލާލާށެވެ. ގަބޫލު ނުކުރެވޭނެ ކަމަކަށްވިޔަސް މިއީ ތަޖުރިބާކޮށްލަން ޖެހޭވަރުގެ ކަމެކެވެ. ބަރުދަން ލުއިކުރުމަށްވެސް ފިޔާގެ އެހީތެރިކަން ހޯދިދާނެއެވެ.
ފިޔާ ޖޫސް ނުވަތަ ސޫޕަކީ ބޭނުންވާ ނިއުޓްރިއެންޓްސް ހޯދުމަށާއި ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ވަރަށް ރަނގަޅު އެއްޗެކެވެ. ދުވާލެއްގެ މައްޗަށް 1 ފިޔާ ވަރު ކެއުމުން ނިދުން ހަމަޖެހޭގޮތްވެ، ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދޭނެއެވެ.
ހަމައެހެންމެ، ތާޒާ ފިޔައެއްގެ ދިޔައިގެ ޖޫސް ހަފުތާއަކު ދޭއް ނުވަތަ ތިން ފަހަރު ބުއިމުން ވާގޮތް އެނގޭހެއްޔެވެ.
ހަށިގަނޑުން އަންދާލާ ކެލޮރީސްގެ މިންވަރު ގަބޫލުކުރަންވެސް ދަތިވާހާ ގިނައެވެ. އިތުރު އެއްވެސް އެއްޗެއް އެއް ކުރުމަކާ ނުލައި، ހަމައެކަނި ފިޔައަކާއި ފެން ބޭނުންކޮށްގެން ހިކުމަށް ރަނގަޅު ބުއިމެއް ތައްޔާރުކުރެވިދާނެއެވެ.
ޖަޕާނުގެ ހޮކައިޑޯ އިންފޮމޭޝަން ޔުނިވާސިޓީގެ ސައިންސްވެރިން ބުނާ ގޮތުގައި ފިޔަލުގައި ހިމެނޭ ކުއާސެޓިން އަކީ އެންޓިއޮކްސިޑެންޓް އަދި އެންޓިހައިޕަޓެންސިވް އިފެކްޓްސް ހިމެނެއެވެ. އަދި ކުއާސެޓިން (quercetin) ހަށިގަނޑުގައި އިތުރުވަމުންދާ ކޮލެސްޓްރޯލާއި ފެޓްސްގެ މިންވަރު ދަށްކުރުވައެވެ. އަދި ލޭގެ މައްސަލަތަކާއި ހިތުގެ މައްސަލަތައް ކަހަލަ ކޮލެސްޓްރޯލާއި ފަލަވުމުގެ ސަބަބުން ޖެހޭ މައްސަލަތަކަށް ހައްލެއް ގެނެސްދެއެވެ.
އަޅެ ނިކަން ތަޖުރިބާކޮށްލަމާތޯއެވެ. މިއީ ޔަގީނުންވެސް ތަފާތު ތަޖުރިބާއަކަށްވާނެކަން ޔަގީނެވެ.
(މައުލޫމާތު: ހެލްތުޓިޕްސް)