އެމްޑީޕީ ރައްޔިތުންގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 05:00 އަށެވެ. މާލޭގައި ބަހައްޓާ ހުރިހާ ފޮށްޓެއް ވެސް ހުންނާނީ ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލުގައެވެ.

ހުޅުމާލޭގެ ތިން ދާއިރާއެއްގެ ވޯޓުފޮށި ބަހައްޓާފައި ހުރި އިރު ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮށި ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައި ހުންނަ ކާމިލް ދީދީސްކޫލުގައެވެ. ބާކީ ހުރި ދެ ފޮށި ހުންނާނީ ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލުގައެވެ.

އަތޮޅުތެރެއިން ޖުމްލަ 95 ރަށެއްގައި އިތުރުން މާލޭގައި 27 ވޯޓް ފޮށި ބަހައްޓާނެއެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރާނީ ކެންޑިޑޭޓުންގެ ގޮތުގައި 149 ކެންޑިޑޭޓުނެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ވޯޓްދިނުމުގެ ހައްޤު 25،325 މީހުންނަށް ލިބިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.