ބޮލީވުޑްގެ މަޝްހޫރު ޒުވާން ބަތަލާ ޖާންވީ ކަޕޫރު އަވަދިނެތި މިހާރު މަސައްކަތް ކުރަމުން އަންނަނީ ދެން އެންމެ އަވަހަށް ނިކުންނާނެ އޭނާގެ ފިލްމު ކަމަށްވާ ގުޑްލަކް ޖެރީގެ ޝޫޓު ކުރުމުގައެވެ.

ޖާންވީ ކަޕޫރު ވަނީ ދާދި ފަހުން ދުވަހެއްގެ ޝޫޓިން ނިންމާލުމަށްފަހު އޭނާ ކްރިކެޓް ކުޅޭ ކުރު ވީޑިއޯ ކޮޅެއް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ. އެ ވީޑީއޯގެ ކެޕްޝަންގައި ލިޔެފައިވަނީ އޭނާއަކީ ޕްރޯއެއް ކަމަށް ބުނެވޭނެ ކަމަށެވެ. މި ވީޑިއޯކޮޅު މިހާރުވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ގޮސްފައެވެ.

ޖާންވީގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި ރާޖްކުމާރް ރާއޯ އާއެކު ކުޅޭ ރޫހީ އަފްޒާނާއި ކާރުތިކް އާރުޔަން އާއެކު ކުޅޭ ދޯސްތާނާ 2 ހިމެނެއެވެ. ޖާންވީ ބޮލީވުޑަށް ނިކުމެފައިވަނީ ޝާހިދު ކަޕޫރްގެ ކޮއްކު އިޝާން ޚައްތަރު އާ އެކު 2018 ވަނަ އަހަރު ނިކުތް ފިލްމު ދަޅާކް އިންނެވެ.