މި އަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ގެ ފަރާތުން ވާދަ ކުރައްވާނެ ފަރާތްތައް ކަނޑައެޅުމަށް މިއަދު ބޭއްވި ޕާޓީގެ ޕްރައިމަރީން ދާއިރާތައް ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް ރައީސް ސާލިހް މަރުހަބާ ދަންނަވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ސާލިހް އިތުރަށް ވިދާޅުވީ މަޖިލިސް އިންތިޙާބު އެމްޑީޕީން ކާމިޔާބު ކުރުމަށް ޕްރައިމަރީގައި ވާދަކުރެެއްވި ހުރިހާ ބޭފުޅުން އެކީގައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އަދި މިއަދުގެ އންތިހާބު އޮމާންކޮށް ރާވައި ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި ޕާޓީގެ ހުރިހާ ބޭފުޅުންނާއި ވޯޓުލައްވަން ވަޑައިގެންނެވި ހުރިހާ މެންބަރުންނަށް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.