އެމްޑީޕީ ޕްރައިމަރީގައި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ކިނބިދޫ ދާއިރާ ތަމްސީލު ކުރައްވާ އެ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް އެ ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފިއެވެ.

އެޕާޓީން އިއްޔެ ކުރިއަށްގެންދިޔަ މި އިންތިހާބުގައި ކިނބިދޫ ދާއިރާއަށް ވޯޓުލުމުގެ ހައްގު 471 މީހަކަށް ލިބިފައިވާއިރު މި އިންތިހާބުގައި 351 ފަރާތަކުން ވަނީ ވޯޓުލާފައެވެ.

އަދި މި އިންތިހާބު ނާޝިޒް ކާމިޔާބުކުރެއްވީ ޖުމްލަ 258 ވޯޓު ލިބިގެންނެވެ. އެއީ ކިނބިދޫއިން އެމަނިކުފާނަށް ލިބުނު 35 ވޯޓާއި ހިރިލަންދޫއިން ލިބުނު 73 ވޯޓާއި، ކަނޑޫދޫން ލިބުނު 36 ވޯޓާއި، ވަންދޫއިން ލިބުނު 43 ވޯޓުގެ އިތުރުން އޮމާދޫއިން ލިބުނު 16 ވޯޓުގެ އިތުރުން މާލެއިން ލިބުނު 55 ވޯޓެވެ.

މީގެ އިތުރުން މި އިންތިހާބުގައި އެމަނިކުފާނާ ވާދަކުރެއްވީ ހުސައިން ޝަރީފާއި މުހައްމަދު އައިމަނެވެ. ހުސައިން ޝަރީފަށް 63 ވޯޓު ލިބުނު އިރު މުހައްމަދު އައިމަން އަށް ލިބިފައިވަނީ 30 ވޯޓެވެ.

އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ނާޝިޒް ކާމިޔާބުކޮށްފައިވާއިރު، މި އިންތިހާބުގައި ވާދަކުރެއްވި އެމަނިކުފާނުގެ އަނބިކަބަލުން ރޮޒައިނާ އާދަމް އަށްވަނީ ނާކާމިޔާބީ އާއި ކުރިމަތިވެފައެވެ.