އިންސްޓަންޓް ނޫޑްލްސްގައި ގިނަފަހަރަށް ސޯޑިއަމް ގިނަވުމުން ސިއްޙީ ގޮތުން ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. ސޯޑިއަމް އަކީ ކޮންމެހެން ބޭނުންތެރި ނިއުޓްރިއެންޓެއް ނަމަވެސް މާ ގިނައިން ކެއުމަކީ ލޭގެ ޕްރެޝަރު މަތިވުމާއި ފެން ހިފެހެއްޓުން އަދި ކިޑްނީ ހަލާކުވުން ފަދަ މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ.

އިންސްޓަންޓް ނޫޑްލްސްގެ ގިނަ ބްރޭންޑްތަކެއްގައި ރަހަ އިތުރުކުރުމަށް ސޯޑިއަމް އެކުލެވޭ ފްލޭވާ ޕެކެޓްތައް ހުރެއެވެ. މިސާލަކަށް މަރޫޗަން ރާމެން ނޫޑްލް ސޫޕްގެ އެންމެ ސާވިންއެއްގައި 760 މިލިގްރާމް ސޯޑިއަމް ހުންނައިރު މިއީ ދުވާލެއްގެ މައްޗަށް ބޭނުންވާ މިންވަރަށްވުރެ 32 އިންސައްތަ އިތުރެވެ.

އިންސްޓަންޓް ނޫޑްލްސް އަކީ ފައިބަރު، ޕްރޮޓީން އަދި ސިއްހަތަށް ފައިދާހުރި ފެޓްސް ފަދަ ޒަރޫރީ ނިއުޓްރިއަންޓްސް މަދު، ރިފައިންޑް ފުށް ބޭނުންކޮށްގެން ތައްޔާރުކުރާ އެއްޗެކެވެ. އޭގެ މާނައަކީ އެކަށީގެންވާ ނިއުޓްރިޝަން ނުލިބުމާއި، ގަވާއިދުން ކެއުމުން އެކިކަހަލަ ކަންތައްތަކެއް ކުރިމަތިވެދާނެ ކަމެވެ.

އަވަހަށް ބަނޑު ފުރުނުކަމަށް ވިޔަސް، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ލިބޭ ކެއުމެއް ނޫނެވެ. މިސާލަކަށް ޓޮޕް ރާމެން ޗިކަން ފްލޭވާގެ އެއް ޕެކެޓްގައި ހުންނަނީ އެންމެ 2 ގްރާމް ޕްރޮޓީން ކަމަށްވާއިރު އެއީ ދުވާލެއްގެ މައްޗަށް ހަށިގަނޑަކަށް ބޭނުންވާ މިންވަރުގެ 4 އިންސައްތަ މިންވަރެކެވެ. އެވަރުން މީހާއަށް ވާނީ ކިހިނެއްހެއްޔެވެ.

އިންސްޓަންޓް ނޫޑްލްސްގައި ކާބޯހައިޑްރޭޓްސް ގިނަކަމުން، ގަވާއިދުން ކެއުމުން ބަރުދަން އިތުރުވެ، އޮބެސިޓީ އަށް މަގުފަހިވެއެވެ.

ދެކުނު ކޮރެއާގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހަފުތާއަކު ދެ ފަހަރަށް ވުރެ ގިނައިން އިންސްޓަންޓް ނޫޑްލްސް ކާ މީހުންނަށް މެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ފުރުސަތު ބޮޑެވެ

އިންސްޓަންޓް ނޫޑްލްސްގައި ޕެކޭޖިންގައި ބޭނުންކުރާ ބިސްފެނޮލް އޭ (ބީޕީއޭ) ފަދަ ނުރައްކާތެރި ކެމިކަލްތައް އެކުލެވިގެންވެއެވެ. އިންސްޓަންޓް ނޫޑްލްސް ގަވާއިދުން ކެއުމުން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެ، ހާއްސަކޮށް ބަނޑުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

ހަފުތާއަކު ދެ ފަހަރަށް ވުރެ ގިނައިން އިންސްޓަންޓް ނޫޑްލްސް ކާ އަންހެނުންނަށް ބަނޑުގެ ކެންސަރު ޖެހުމުގެ ފުރުސަތު 68 ޕަސެންޓް ބޮޑު ކަމަށް ދިރާސާއަކުން ދައްކާފައިވެއެވެ. މިސާލަކަށް އެއް ބްރޭންޑެއްގެ އިންސްޓަންޓް ނޫޑްލްސްގައި ތާޒާ ނޫޑްލްސް އިން އުފައްދާ އެއް ވައްތަރެއްގެ ސޫޕާ އަޅާބަލާއިރު ޕެކޭޖިންގައި ބީޕީއޭގެ މިންވަރު 140 ގުނަ އިތުރުކަމަށް ދިރާސާއަކުން ދައްކައެވެ.

އިންސްޓަންޓް ނޫޑްލްސް އަކީ ހަޖަމުކުރުމަށް ކޮންމެހެން ބޭނުންތެރި ފައިބަރު މަދު މާއްދާއަކަށް ވާތީ ހަޖަމުކުރުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މީގެ އިތުރުން ސޯޑިއަމް ގިނަވުމުގެ ސަބަބުން ބަނޑުގައި ރިއްސުމާއި ގޭސް ޖެހުމާއި ބަނޑުހައިވުން ފަދަ ކަންކަން ވެސް މެދުވެރިވެދާނެ އެވެ. މިސާލަކަށް އިންސްޓަންޓް ނޫޑްލްސްގެ ގިނަ ސާވިންއެއް އެއް ދުވަހުން ކެއުމަކީ ބަނޑުގައި ރިއްސުމާއި ބަނޑުގެ ހަރަކާތްތައް ގަވާއިދާ ހިލާފަށް ހިނގުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

އިންސްޓަންޓް ނޫޑްލްސްގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރެއް ކޮށްފާނެ އެވެ. ހަފުތާއަކު ދެ ފަހަރަށް ވުރެ ގިނައިން އިންސްޓަންޓް ނޫޑްލްސް ކެއުމަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ނަފްސާނީ އެހެނިހެން މައްސަލަތަކާ ގުޅިފައިވާ ކަމެކެވެ. މިސާލަކަށް އިންސްޓަންޓް ނޫޑްލްސް ބޭނުން ނުކުރާ މީހުންނާ އަޅާ ބަލާއިރު ގަވާއިދުން އިންސްޓަންޓް ނޫޑްލްސް ކާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ކޮންމެއަކަސް އިންސްޓަންޓް ނޫޑްލްސް އަކީ ފަސޭހަ އަދި އަގުހެޔޮ ކެއުމަކަށް ވިޔަސް، މިއީ ސިއްހީ ނުރައްކާތަކާ އެކު އަންނަ އެއްޗެކެވެ. މިތަކެތި މެދުމިނެއްގައި ކެއުމަށާއި މޭވާ، ތަރުކާރީ އަދި ހޯލް ގްރޭންސް ފަދަ ނިއުޓްރިއެންޓްސް އެކުލެވޭ ކާނާއިން ކެއުމަށް ސަޕްލިމެންޓް ކުރުމަކީ މުހިންމު ކަމެކެވެ.

މިގޮތަށް ކަންތައް ކުރުމުން އިންސްޓަންޓް ނޫޑްލްސް ގަވާއިދުން ކެއުމުން ދިމާވާ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަކުރެވިދާނެއެވެ.

(މައުލޫމާތު: ހެލްތުލައިން/ އެޕްރޫވްކޮށްދެއްވީ ޑރ ޝާން)