ޔޫކްރެއިނަށް ދެވެން އޮތް ހުރިހާ އެހީއެއް ދެވިއްޖެ ކަމަސް ޖަރުމަނު ވިލާތުގެ ޑިފެންސް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

'އަޅުގަނޑަށް ހީވަނީ ޖަރުމަނުން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދެވިއްޖެހެން، ހާއްސަކޮށް ސިނާއަތުގެ ގޮތުން. ހަމަގައިމުވެސް އުފެއްދުމުގެ ޤާބިލުކަން އިތުރުކޮށްފިނަމަ އިތުރު އެއްބަސްވުންތައް ނިންމޭނެ، އެކަމަކު މިހާރު މިތިބީ ކުރެވޭނެ ކަންކަމުގެ ޙައްދުގައި،' ޖަރުމަނުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވިއެވެ.

ހަމައެއާއެކު ޖަރުމަނަށް ވައިގެ ދިފާޢީ ނިޒާމުތަކުންދަނީ ޔޫކްރެއިނަށް ހާއްސަ އިސްކަމެއް ދެމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 'ކިތަންމެ ހިތާމަވެރި ކަމެއް ނަމަވެސް' ޔޫކްރޭނަށް ވަޒަން ބޭނުންވާ މިންވަރު ބޮޑުކަމުން ޖަރުމަނުގެ ސިނާއަތަށް ޔޫކްރެއިނަށް ބޭނުންނވާ ވަރަށް ވަޒަން އުފެއްދުމަށް ވަނީ ނުކުޅަދާނަ ވެފައެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖަރުމަނުގެ ފަރާތުން ޔޫކްރެއިނަށް ވަނީ 27 ބިލިއަން ޔޫރޯގެ އެހީ ލިބިފައެވެ. މިއަހަރު ޖަރުމަނުން ކިއެވްއަށް ހަތިޔާރު ފޯރުކޮށްދިނުމަށް 7 ބިލިއަން ޔޫރޯއަށް ވުރެ ގިނަ ފައިސާ ދޫކުރާނެ އެވެ.