މިއަހަރުގެ ވައިލްޑް ލައިފް ފޮޓޯގްރަފީގެ ޕީޕަލްސް ޗޮއިސް އެވާޑަށް ހޮވިފައިވަނީ ގަނޑުފެން މަތީގައި ނިދާފައި އޮތް ޕޮލާރ ބެއާއެއްގެ ފޮޓޯއެކެވެ.

މި ފޮޓޯ ނަގައިފައިވަނީ އެމެރިކާގެ އެމެޗުއާ ފޮޓޯ ގްރާފާ ނިމާ ސަރިހާނީއެވެ. އެވާޑިންގް ސެރެމޮނީގައި ނިމާ ވިދާޅުވީ މި އެވާޑް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި "އައިސް ބެޑް"ގެ ނަމުން ނަންދެވިފައި މިވާ ފޮޓޮލުން ގިނަ އިހުސާސް ތަކެއް ދައްކުވައިދޭ ކަމަށެވެ. މީގެތެރެއިން "އުންމީދު" ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާލުވީ ދުނިޔެ ހޫނުވުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ އިރު، ދުނިޔެ ހޫނުވުމުގެ ސަބަބުން މިފަދަ ޖަނަވާރު ތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުންދާ ކަމަށެވެ. މީގެއިތުރުން އޭނާ ވިިދާޅުވީ ދުނިޔެ ހޫނުވަނީ އަހަރުމެންގެ ސަބަބުން ކަމަށާއި މިކަން އަދިވެސް ހައްލު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

މި މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުން ބުނީ މުބާރާތުގައި 75،000 އަށް ވުރެ ގިނަ މީހުން ވޯޓު ދިން ކަމަށެވެ.

“އައިސް ބެޑް” ހޮވާފައިވަނީ 25 ތަސްވީރުގެ ކުރު ލިސްޓަކުންނެވެ. ކުރިން މި ލިސްޓުގައި ގާތްގަނޑަކަށް 50،000 އެއްހާ ތަސްވީރުން ވެއެވެ.