ލިޔުނީ: އަޒްހީން

ސިއްހަތަށް ފައިދާހުރި ފެޓްސް އާއި ޑައިޓްރީ ފައިބަރު އެކުލެވިގެންވާ އެވޮކާޑޯއަކީ ހިތުގެ ދުޅަހެޔޮކަމާއި ހަޖަމްކުރުމުގެ ނިޒާމައްވެސް ވެސް ރަނގަޅު މޭވާއެކެވެ. އެވޮކާޑޯއަކީ ތަފާތު ގޮތްގޮތުން ވަރަށް މޮޅު އެއްޗެކެވެ. ލޭގައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމާއި، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމާއި ހަންގަނޑާއި އިސްތަށިގަނޑަށް އަލިކަމެއް ދިނުން ފަދަ ކަންކަމުގެ ސަބަބުން އެވޮކާޑޯ އަކީ ކެއުމުގައި ހިމަނަން ޖެހޭ "ސުޕަ ފްރުޓް" އެކެވެ. ނިއުޓްރިޝަނިސްޓް ބަކްތީ އަރޯރާ ކަޕޫރު މި މޭވާގެ ފައިދާ ހިއްސާކުރިއެވެ. މި ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.

1. ގިނަވައްތަރުގެ ނުއުޓްރިއަންޓް އެކުލެވޭ: އެވޮކާޑޯއަކީ ޕޮޓޭސިއަމް، ވިޓަމިން ކޭ، ވިޓަމިން އީ އަދި ސިއްހަތަށް ފައިދާހުރި މޮނޮއަންސެޗުރޭޓެޑް ފެޓްސް ފަދަ ޒަރޫރީ ނިއުޓްރިއަންޓްސް އެކުލެވިގެންވާ އެއްޗެކެވެ.

2. ހިތުގެ ސިއްހަތު ޗެމްޕިއަން: މޮނޮއަންސެޗުރޭޓެޑް ފެޓްސް އިން މުއްސަނދި، އެވޮކާޑޯއަކީ ސިއްހަތަށް ނުބައި ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު ރެގިއުލޭޓްކޮށް، ތިމާގެ ހިތް ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓައިދޭ ޕޮޓޭސިއަމް ވެސް ހިމެނެ އެވެ.

3. ހަންގަނޑާއި އިސްތަށިގަނޑު އުޖާލާވުން: އެވޮކާޑޯއަކީ ބިއުޓީ 'ސުޕަހީރޯއެއް'! އޭގެ ތެރޭގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް އާއި ސިއްހަތަށް ފައިދާހުރި ފެޓްސް ގިނަވުމުން ހަންގަނޑު ތަރުބިއްޔަތުކޮށް، އުޖާލާކަން ގެނެސްދީ، އިސްތަށިގަނޑަށް އަލިގަދަކަމެއް ގެނެސްދީ، ވަރުގަދަކުރުމުގައި ވެސް އެހީތެރިވެދެ އެވެ.

4. ހަޖަމުކުރުމުގެ ވަރުގަދަ އެހީތެރިއެއް: ފައިބަރުން ފުރިފައިވާ އެވޮކާޑޯއަކީ ހަޖަމުކުރުމަށް އެހީތެރިވެދޭ މޭވާއެކެވެ. ބަނޑު އަދި ހަޖަމކުރާ ނިޒާމްއަށް ދިމާވާ ނުތަނަވަސްވުންތަކަށް އަލްވަދާއު ކިޔާށެވެ.

5. ބަރުދަން ބެލަހެއްޓުމުގައި އެހީވެދޭ: އެވޮކާޑޯގައި ސިއްހަތަށް ފައިދާހުރި ފެޓްސް އާއި ފައިބަރު އެކުލެވިގެންވުމުން އަވަސް އަަވަހަށް ބަނޑުހައިވުމުން ދުރުކޮއްދީ، ކްރެވިން ކޮންޓްރޯލްކޮއްދެއެވެ. މީގެ ސަބަބުން ބަރުދަން އެއްވަރެއްގައި ބެހެއްޓުމުގައި އަދި ބަރުދަން ލުއިކުރުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އެހީތެރިވެދެއެވެ.

6. ލޭގައި ހަކުރު ރެގިއުލޭޓް ކުރުން: އެވޮކާޑޯއަކީ ގްލައިސެމިކް އިންޑެކްސް ދައް މޭވާއެކެވެ. އެހެންކަމުން އަވަކާޑޯއަކީ ލޭގައި ހަކުރު ހުންނަ މިންވަރު ހަމައަކަށް އަޅުވައި، އިންސިއުލިން ރެސިސްޓެންސް އަދި ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެކެވެ.